ޖިންސީ ފުރައްސާރަ

ކަރަންޓީންގައި ހުރި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް

ފ. ފިލިތެޔޮ އައިލެންޑް ރިސޯޓްގައި ކަރަންޓީންގައި ހުރި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ފިލިތެޔޮ ކަރަންޓީން ފެސިލިޓީގައި ހުރި އުމުރުން 19 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިއަދު ހަވީރު އެ މުއައްސަސާއަށް ހުށައެޅިފައިވާ ކަމަށެވެ. މައްސަލައިގެ ތަހުގީގު ފެށިފައިވާ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް މައްސަލައިގެ އިތުރު ތަފްސީލެއް ނުދިއެވެ.

އެނގިފައިވާ ގޮތުގައި ކަރަންޓީންގައި ހުރި އަންހެން މީހާއަށް ޖިންސީ ގޯނާކޮށްފައިވަނީ އެ ކަރަންޓީން ފެސިލިޓީގެ އިންޗާޖެވެ. އެ ތަންތަނުގައި އިންޗާޖުންގެ ގޮތުގައި ތިބެނީ ސިފައިންނެވެ.

މީގެ ކުރިންވެސް ބައެއް ފެސިލިޓީތަކުގައި އެފަދަ މައްސަލަ ދިމާވެފައިވެއެވެ.