އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ 26 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ގޮތުން ބޭއްވި ހަފުލާގައި ޑިފެންސް މިނިސްޓަރު މާރިއާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ބައިވެރިވެވަޑައިގެންފި އެވެ.
ސެންޓްރަލް އޭރިއާގެ އަހަރީ ހަފުލާގައި ބައިވެރިވެވަޑައިގެންނެވުމަށް އިއްޔެ ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސް، އެ އޭރިއާއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ ސެންޓްރަލް އޭރިއާގެ ކޮމާންޑަރު ކާނަލް މުޙައްމަދު އިބްރާހީމާއި، އެ އޮފިސަރުންނާއި ސިފައިންނެވެ.
އިއްުޔެ ޑިފެންސް މިނިސްޓަރުގެ ޝަރަފުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން ވަނީ އޮނަ ގާޑެއް ވެސް އަރުވާފަ އެވެ.