އެމްޓީސީސީ އަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު އާމްދަނީ އާއި ސާފު ފައިދާ ވެސް ދަށަށް ގޮސްފި އެވެ.
ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަސައްކަތް ކުރާ ސަރުކާރުގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ އެމްޓީސީސީގެ މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 350 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް ތިން ވަނަ ކުއާޓަރުގައި ލިބިފައިވަނީ 283 މިލިއަން ރުފިޔާ އެވެ. ނަމަވެސް މި މުއްދަތުގައި އެ ކުންފުނީގެ ޖުމްލަ އާމްދަނީ ވަނީ އިތުރުވެފަ އެވެ.
އެމްޓީސީސީ އަށް ހަތަރު ވަނަ ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި 60 މިލިއަން ރުފިޔާ ލިބިފައިވާއިރު، ތިން ވަނަ ކުއާޓަރުގައި ލިބުނީ 48 މިލިއަން ރުފިޔާ އެވެ. އެ ކުންފުނީގެ މާލީ ރިޕޯޓުގައިވާ ގޮތުން މި ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 10 މިލިއަން ރުފިޔާ އެވެ. އަދި ތިން ވަނަ ކުއާޓަރުގައި ލިބިފައިވަނީ 16 މިލިއަން ރުފިޔާ އެވެ.
އެ ކުންފުނިން ހަތަރު ވަނަ ކުއާޓަރުގެ ނިޔަލަށް 46 މަސްރޫއެއް ދަނީ ހިންގަމުންނެވެ. އަދި މީގެ ތެރެއިން ފަސް މަޝްރޫއެއްގެ މަސައްކަތް ވަނީ ނިމިފަ އެވެ.