ހަބަރު

ހާއްސަ އެހީިއަށް ބޭނުންވާ އަންހެނަކަށް ޖިންސީ ގޯނާ ކޮށްފި

ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މަައްސަލަ އެއް ބަލަން ފަށައިފި އެެވެ.

ފުލުހުންގެ އިދާރާއިން މިއަަދު ބުނީ އެ މައްސަލަ ހުށައެޅީ ރޭގައި ކަމަށާ މިހާރު މައްސަލަ ބަލަމުން ގެންދިޔަ ނަމަވެސް އަދިމީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށެވެ.

އުމުރުން 30 އަހަރުގެ އެ އަންހެން މީހާ ނިސްބަވާ އަޕާ ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނެނީ ހއ. އަތޮޅާއި ހދ. އަތޮޅު އަދި ށ އަތޮޅުގެ ރަށްތަކެވެ. ޖިންސީ ގޯނާގެ މިފަދަ މައްސަލަތަކުގައި އެ ކަމެއް ހިނގާ ރަށާއި މީހާގެ މައުލޫމާތު ހާމައެއް ނުކުރެ އެވެ.

މި ދުވަސްވަރު ޖިންސީ ފުރައްސާރަ އާއި ގޯނާގެ ގިނަ މައްސަލަތަކެއް ދަނީ ފެންމަތިވަމުންނެވެ.