ހަބަރު

ރިސޯޓެއްގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

Feb 4, 2020

ގދ. ޕާކް ހައިޓް މޯލްޑިވްސް ހަދަހާ ރިސޯޓުގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ޕާކް ހައިޓް މޯލްޑިވްސް ހަދަހާ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ 59 އަހަރުގެ އެމެރިކާ ފަތުރުވެރިއަކު ގެނބިގެން ގއ. ވިލިނގިލި ހޮސްޕިޓަލަށް ގެންފައިވާ ކަމުގެ މައުލޫމާތު މިރޭ 6:20 ގައި ލިބިފައިވާ ކަމަށެވެ.

އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.