ހަބަރު

ހުޅުމާލޭގައި 3 މީހަކަށް ވަޅިން ހަމަލާ ދީފި

Feb 4, 2020
5

ހުޅުމާލޭގައި ތިން މީހަކަށް ތުނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ ހުޅުމާލޭ ރެޑްބުލް ދަނޑު ކައިރީގައި ތިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ މައުލޫމާތު މިރޭ 8:10 ގައި ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އެ މާރަމާރީގައި އަނިޔާވެފައި ވަނީ ޗައިނާގެ ދެ ފިރިހެނަކާއި އޮސްޓްރޭލިއާ ފިރިހެނަކަށް ކަމަށާއި އެ މީހުންނަށް ހަމަލާ ދީފައި ވަނީ ހެލްމެޓު އަޅައިގެން ސައިކަލެއްގައި ދިޔަ ދެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވެ އެވެ.

ސޯޝަލް މީޑިއާގައި މިރޭ އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަ ގޮތުން ޒަހަމްވި މީހާގެ ބުރަކަށިން ވަރަށް ގިނައިން ލޭ ފައިބަމުން ދިޔަ އިރު ސައިކަލެއްގެ ފަހަތުގައި ހުޅުމާލޭ ހޮސްޕިޓަލަށް ދާތަން ފެނެއެވެ.