މަގުމަތީގެ އެކްސިޑެންޓް

ހައިވޭގައި އެކްސިޑެންޓެއްވެ މީހަކަށް އަނިޔާ

Feb 13, 2020

ސިނަ މާލެ ބްރިޖާ ގުޅިފައިވާ ހައިވޭގެ ހައިވޭގެ ޓްރެފިކް ލައިޓް ކައިރިން ޓެކްސީއަކާ ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ އެވެ.

މިއަދު ހެނދުނު ގާތްގަނޑަކަށް 9:00 ޖަހާ އެހާކަންހާއިރު ހިނގި މި އެކްސިޑެންޓްގެ ވަގުތު ސައިކަލްގައި އިން ދިވެހި ފިރިހެނަކަށް އެކިވަރުގެ އަނިޔާތައް ލިބިވާތީ އޭނާއަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފަ އެވެ،

އަދި ޓެކްސީ ދުއްވަން އިން މީހާ އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ގެންދަނީ މި އެކްސިޑެންޓާ ގުޅޭ ކަންކަން ބަލަމުންނެވެ.