ހަބަރު

ހާލު ދެރަވުމުން ސިފައިން އެހީވި މީހާ މަރުވެއްޖެ

މަސްދޯންޏެއްގައި ހުއްޓާ މެއަށް ތަދެއް އަރައިގެން ހާލު ދެރަވި ދިވެއްސަކު މަރުވެއްޖެ އެވެ.

ސިފައިން ބުނީ ހއ. އުލިގަމުގެ އުތުރުން 70 މޭލު ބޭރުގައި އޮތް ދޯންޏެއްގައި ހުރި މީހެއްގެ މެޔަށް ތަދެއް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ސިފައިން ގޮސް އެ މީހާއަށް އެހީތެރިވެދީފައިވާ ކަމަށެވެ.

ނަމަވެސް އުމުރުން 44 އަަހަރުގެ އެ މީހާ ސީއެމްބިއުލާންސްގައި ހއ. ދިއްދޫ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފަ އެވެ. މަރުވެފައިވާ އެ މީހާއަކީ އެ ދޯނީގެ ކެޕްޓަނެވެ.