ހަބަރު

މާލޭގައި އެކްސިޑެންޓެއްވެ ޒުވާނަކު މަރުވެއްޖެ

މާލޭގައި އެކްސިޑެންޓެއްވެ ޒުވާނަކު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ އުމުރުން 26 އަހަރުގެ ޒުވާނެކެވެ. އޭނާ މަރުވީ އެކްސިޑެންޓްގައި ލިބުނު ސީރިއަސް އަނިޔާތަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް މިރޭގެ ވަގުތެއްގަ އެވެ.

މިރޭ އެކްސިޑެންޓް ހިނގީ ދެ ސައިކަލެއް ޖެހިގެން “ޕީޓްރަލް” ސަރަހައްދު، ބުރުޒު މަގުގަ އެވެ. ދެ ސައިކަލްގައި ތިބި އިތުރު މީހުންނަށް ވެސް އަނިޔާވި އެވެ. އެމީހުންނަށް ވެސް ދަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ.