ޖިންސީ ގޯނާ

ދެމަފިރިއަކު ނިދާފައި ތިއްބާ ވަދެ އަންހެންމީހާއަށް ޖިންސީ ގޯނާ ކޮށްފި

Feb 16, 2020
1

ދެމަފިރިއަކު ނިދާފައި ތިއްބާ މީހަކު ވަދެ އަންހެން މީހާއަށް ޖިންސީ ގޯނާ ކުރި މައްސަލަައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލަ ހުށަހެޅީ ފުލުހުންގެ ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަދި ވ. އަތޮޅު ހިމެނޭ ސަރަހައްދުގެ ރަށަކުން އިއްޔެ ކަަމަށެވެ.

އަދި ބުނީ ބަލަމުން އަންނަ އެ މައްސަލައިގައި ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވެފައި ވަނީ 38 އަހަރުގެ ދިވެހި ފިރިހެނަކަށް ކަަމަށާއި އޭނާ އެ ގެއަށް ވަނީ އެގޭގައި ދިރިއުޅެމުން އައި ދެމަފިރިން ނިދާފައި ތިއްބާ ކަމަށެވެ.

ޖިންސީ ގޯނާގެ މި މައްސަލަ މިހާރު ދަނީ ފުލުހުން ތަހުގީގު ކުރަމުންނެވެ. މިއީ ޖިންސީ ގޯނާގެ މައްސަލަތަކުގެ ތެރެއަަށް އަލަށް އިތުރުވި ބާވަތެކެވެ.

ޖިންސީ ގޯނާ އާއި އަނިޔާގެ އެެކި މައްސަލަތައް މިފަހުން ރިޕޯޓު ކުރާ މިންވަރު އާއްމެވެ. ހާއްސަކޮށް ކުޑަކުދިންގެ މައްސަލަތައް ހިމެނެ އެވެ.