ހަބަރު

ކްރޮސްރޯޑު ކައިރިން ޔޮޓެއްް ފަރަށް އަރައިފި

ވާދޫ ކަނޑުއޮޅިން، ކްރޮސް ރޯޑް އާ ކައިރިން ޔޮޓެއްް ފަރަށް އަރައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، ފަރަށް އެރީ "ޖުވެލް" ނަމަކަށް ކިޔާ ޔޮޓެއް ކަމަށެވެ. މި ހާދިސާ ރިޕޯޓު ކުރީ ނުވައެއް ޖަހާ ކަން ހާއިރު އެވެ. އެމްއެންޑީއެފްއިން ބުނީ ފަރަށް އެރި ބޯޓުގެ ސަރަހައްދުގައި ކޯސްޓު ގާޑުގެ ސްކުއެޑްރޮން އިން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި ހާދިސާ އާ ގުޅޭ އިތުރު މަައުލޫމާތެއް އަދި ހިއްސާ އެެއް ނުކުރެ އެވެ.