ހަބަރު

ކާރެއް ކޮންޓްރޯލް ނުވެ ގޮސް ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓްވެއްޖެ

ހުޅުމާލޭގައި ދުއްވި ކާރެއް ކޮންޓްރޯލްނުވެ ގޮސް ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓް ވެއްޖެ އެވެ.

ފުލުހުން ބުނީ ހުޅުމާލޭ ބޯށިމަގު އެމްޑަބްލިއުއެސްސީ ކައިރިން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލްނުވެ ގޮސް އެ ސަރަހައްދުގައި ހުރި ހޮޅި ދަނޑިއަކަށް އަރައި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓު ރޭ 21:45 ގައި ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓު ހިނގި ވަގުތު ކާރުގައި އިނީ ދުއްވަން އިން 43 އަހަރުގެ ދިވެއްސެއް އެކަނި ކަމަށާއި އޭނާއަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. އެހެން ނަމަވެސް ކާރަށް ބޮޑެތި ގެއްލުން ވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގި ވަގުތު ކާރު ދުއްވަން އިން މީހާ އަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އޮންނަ މީހެއް ކަމަށާއި މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.