ހަބަރު

ފައިސަލަށް ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާކަން

Feb 17, 2020
3

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ތަރުޖަމާނުގެ މަގާމުގައި ހުންނެވި ފައިސަލް އާދަމަށް ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާގެ މަގާމު ދީފި އެވެ.

ފައިސަލަކީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އޭރު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް އެ ތަނުގައި ވަރަށް ގިނައިރު ބޭންދި ބޭފުޅެކެވެ.

މީގެކުރިން ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާގެ މަގާމުގައި ދާއިމީ ބޭފުޅަކު ނުހުންނަވަ އެވެ. އެ މަގާމު ފުރުއްވަމުން ގެންދެވީ އެކި ދުވަސްވަރު ކޯޓުގެ އެކި މުވައްޒަފުންނެވެ.