ހަބަރު

ދުންޔާ ފެށި ވާހަކައަކުން މައުމޫނާއި ނަޝީދުގެ އާއިލާ އަރައިރުމަކަށް!

Feb 22, 2020
29
ރައީސް ނަޝީދާއި ރައީސް މައުމޫން: ދެ ބޭފުޅުންގެ އާއިލާގެ މެދުގައި ވަނީ މައްސަލަ ގޯސްވެފައި - އަވަސް ފޮޓޯ
85.7%
0%
14.3%

ކުރީގެ ދެ ރައީސުންގެ އާއިލާގެ ތެރޭގައި ހޫނު އަރައިރުމެއް ހިނގައި އެންމެފަހުން ރައީސް މުހައްމަދު ނަޝީދު ވެސް އޭގެ ތެރެއަށް ވަންނަވައިފި އެވެ. ސިޔާސީ ގޮތުން ވާދަވެރި، ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް ނަޝީދުގެ އާއިލާގެ ދޭތެރޭ މި އަރައިރުން އުފެދުނީ ރައީސް މައުމޫންގެ ދޮށީ ދަރިކަނބަލުން ދުންޔާ މައުމޫން ދެއްކެވި ވާހަކަފުޅަކުންނެވެ.

ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވި ގޮތަށް ދުންޔާ ޓްވީޓެއް ކުރެއްވި އެވެ. އެ ޓްވީޓް ކުރެއްވީ، ބޮޑުބޭބޭފުޅު، ރައީސް އަބްދުﷲ ޔާމީން އިމާރަތް ކުރެއްވި 25 ބުރީގެ ހޮސްޕިޓަލް ފެންނަ ފޮޓޯއަކާއެކު އެވެ.

ފޮޓޯ ހިމަނައި، ދުންޔާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ކޮންމެ ރައީސްއަކުން ވެސް އަނެއް ރައީސް، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައިގެން ޖަލަށްލާ ކަމަށެވެ. މިއީ ހުއްޓުމެއް ނެތް ކަމެއް ކަމަށެވެ. މިކަމާ ނުރުހިގެން އެންމެ ފުރަތަމަ ދުންޔާއަށް ރައްދު ދެއްވީ، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ކޮއްކޮ ނަޒީ އަހުމަދެވެ. އޭނާއަކީ ރައީސް ނަޝީދާ ދެބެންގެދެދަރި ބޭފުޅެކެވެ. އަދި، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އަނބިކަނބަލުންނެވެ.

ދުންޔާއަށް ރައްދު ދެއްވައި ވިދާޅުވީ ކޮންމެ ރައީސްއެކޭ ނުބުނެވޭނެ ކަމަށެވެ. ރައީސް ނަޝީދު، ރައީސް މައުމޫން ޖަލަށް ގެންގޮސްފައިނުވާ ކަމަށެވެ. ދުންޔާ ޖަވާބު ދެއްވި އެވެ. ދުންޔާ ވިދާޅުވީ ކޮމިޝަންތައް ހަދައިގެން ރައީސް ނަޝީދު، ރައީސް މައުމޫނަށް ޓޯޗާކުރެއްވި ކަމަށެވެ. ފުލުހަށް ވެސް ގެންދެވި ކަމަށެވެ. އެކަން ހަނދާން ނެތުނީތޯ ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ނަޒީ ވިދާޅުވީ ހަނދާން ނުނެތޭ ކަމަށެވެ. ޖަލާއި ކޮމިޝަނަކާ އަޅާނުކިޔުމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވަރަށް ބައިވަރު ކަންކަން ހަނދާނުން ނުފޮހެވި އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތާރީހަށް ބަލާއިރު މި ދެ އާއިލާގެ ހަމަނުޖެހުންތައް ވަރަށް ބޮޑެވެ. ރައީސް މައުމޫންގެ ވެރިކަން ވައްޓާލުމަށް ނޮވެމްބަރު ތިނެއްގައި ދިން ހަމަލާއާ ގުޅިގެން ފަޒްނާ އަދި ނަޒީގެ ބައްޕަ، ސިއްކަ އަހުމަދު ހައްޔަރުކޮށް ޖަލުގައި އަނިޔާ ކުރި ކަމަށްވެ އެވެ. އެ ބަޣާވާތުގެ އަޑީގައި ތިބީ އެ އާއިލާ ކަމަށް އޭރުގެ ސަރުކާރުން ނިންމި އެވެ.

ދުންޔާގެ ޓްވީޓާ ގުޅިގެން ރައީސް ނަޝީދުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދު ވެސް ރުޅިގަދަވި އެވެ. މީރާ ވަނީ ގިނަ ޓްވީޓްތައް ކުރައްވައި ދުންޔާއަށް ވަރަށް ގިނަ އެއްޗެހި ގޮވާފަ އެވެ. މީރާ ވިދާޅުވީ ރައީސް މައުމޫންގެ ހަނދާން އާވާނީ ވެރިކަމުގައި އެތައް ބަޔަކަށް ދިން އަނިޔާ އާއި މުސީބާތްތަކުން ކަމަށެވެ. އެހެން އެތައް ބަޔަކަށް ޖަލުގައި އަނިޔާކުރި ގޮތަށް އަނިޔާ ރައީސް މައުމޫނަށް ވެސް ލިބެން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ހުންނެވީ ވަރަށް ރުޅި އައިސްފައިކަން ކޮންމެ ޓްވީޓެއްގައި ވެސް ބަޔާން ކުރައްވާފައިވެ އެވެ.

ރައީސް ނަޝީދުގެ ހަގު ދަރިކަނބަލުން ޒަޔާ ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އޭނާގެ ޓްވީޓްގައި ވަނީ ގާނޫނާ ހިލާފު ބަންދެއްގައި އެތައް އަހަރަކު ބެހެއްޓުމާއި ފުލުހަށް ހާޒިރުކުރުން އަޅާކިޔުމުން ދުންޔާއަށް ފާޑުކިޔާފަ އެވެ.

ދަރިކަނބަލުންގެ ރުޅި ފެނިވަޑައިގެން ރައީސް ނަޝީދު ވެސް ވަނީ އެންމެފަހުން ޓްވީޓެއް ކުރައްވާފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ އަނިޔާ އާއި ބޭއިންސާފުގެ ވާހަކަ ރައީސް މައުމޫންގެ އާއިލާއިން ދެއްކުމުން ހައިރާންވެވަޑައިގަންނަވާ ކަމަށެވެ. ރައީސް މައުމޫން ވަނީ މުޅި ޖީލަކަށް އެއްކޮށް އަނިޔާ ދީފައި ކަމަށެވެ. އެންމެ ރަނގަޅު ގޮތަކީ އެ ބޭފުޅުން އަނގަ މަޑުންލައިގެން ތިއްބެވުން ކަމަށެވެ. އަދި ހާއްސަކޮށް އެމަނިކުފާނުގެ ދަރިން ރޫޅި ނޭރުވުން އެއީ ރަނގަޅު ގޮތް ކަމަށް ވިދާޅުވި އެވެ.

ރައީސް މައުމޫނާއި ރައީސް ނަޝީދު، ސިޔާސީ ހަތުރުންގެ ގޮތުގައި ތިއްބަވައި އެއް ގަލަކަށް އަރާވަޑައިގެންނެވީ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. އޭރު ދެ ބޭފުޅުން ވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް މާފު ވެސް ކުރައްވާފަ އެވެ. އަދި ބައްދަލުވުންތައް ވެސް ބޭއްވެވި އެވެ. ނަމަވެސް ދެ އާއިލާގެ ދެމެދު އޮތް ނުތަނަވަސްކަމެއް އޭރު ވެސް ނުފިލަ އެވެ. މިހާރުގެ ސަރުކާރުގައި ރައީސް މައުމޫންގެ ދަރިކަނބަލެއް ކަމަށްވާ ޔުމްނާ މައުމޫން ވެސް ހިމެނިވަޑައިގަންވަ އެވެ. ނަމަވެސް ދުންޔާ މައުމޫން ރޯކުރެއްވި ހުޅާއެކު، ރަނގަޅުވަމުން ދިޔަ ގުޅުމަކަށް އަނެއްކާވެސް މިވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ. ދުންޔާ މިފަދަ ގޮތަށް ޓްވިޓާގައި ދައްކަވާ ވާހަކަތަކުން ގިނަ ފަހަރަށް މަޝްރަހު ގޯސްވެ އެވެ.

29 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ދިލް

3 އޮކްޓޫބަރ 2018 ގައި ދުންޔާ ނަޝީދަށް ދެންނެވކަމަށް ވަނީ "މާޒީގައި ހިނގާފައިވާ ދެބަސްވުންތަކާއި ހިޔާލު ތަފާތުވުންތައް އެއްކައިރިކޮށް މިހާރު މިއީ އެކުގައި ކުރިއަށް ދާން ޖެހޭ ދަނޑިވަޅު ކަމަށް" މިއީ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވި އެއްޗެއް. ދުންޔާ ކީކޭތަ މިކިޔަނީ. އަބަދު އަބަދު ފެކްޓަރީ ރީސެޓް ކުރަންޏާ ބްރޯ ކަޑައޭ!!

ބަސްމާ ސާދިގު

ދުންޔާ އަށް ހަމަ ނޭންގެނީތަ ކޮންފަދަ ބޮޑެތި ވައްކައްތަކެއް ކޮށްގެން އެޅި 25 ބުރީގެ ހޮސްޕިޓަލެއްކަން ؟ ޔާމިނު އެޅި ހޮސްޕިޓަލް އަށް ޔާމިނު ވަންނަން ޖެހުމަކީ އައިރޮނީ އޭ ދުންޔާ ބުނާއިރު ؟ ދުންޔާ ދިވެހި ރައްޔިރުންގެ ވިސްނުން ތިޔަކަހަލަ އުމުރުން 5 އަހަރުގެ ކުއްޖަކަށް ވުރެ މައްޗޭ މިހާރު. ޔާމިނު އެޅި ހޮސްޕިޓަލަކަށް ވާނީ ވައްކަން ނުކޮށް އެޅި ހޮސްޕިޓަލެއް ނަމަ. ފިތުނަފަސާދަ ނުއުފައްދާ ދެންވެސް ހުރެވޭތޯ ބަލާ. ވެދިޔެތަން ހަނދާން ނައްޓާލާށޭ ކިޔައިގެން އައްނި ދާހާތާކަށް އައްނި ފޫބުޑުން ދުވެދުވެފަ ފޮރިން މިނިސްޓަރު ކަން ނުދިނީމަ ދެން ތިޔަފެށީ ދެބައުޑުވުމާއި ދޭތެރެޖެއްސުމާއި ފިތުނައިގެ ކުޅިގަނޑު. ތިއީ ދުންޔާ އަށް އަދާކުރޭވޭނެ ޖޮބެއް ވަރަށް ފުރިހަމައަށް.

ހަސަނުގ

ހެހެ. ޖަލުގަ 14 އަހަރުގެ ހުކުމެއްގަ އޮތް މީހަކު، ފިލާ އޮވެފަ. ވެރިކަން ބަދަލުވި އިރަށް އައިގޮތް ހަނދާން ނެތުނީތަ؟ އެހެންވީމަ، ޖަލަށްދާ ކޮންމެ މީހަކަށްވެސް ފިލުމުގެ ޖާގަ ދޭން އެބަޖެހޭ. ލުތުފީވެސް ހަމަ ފިލީނު. އެހެންވީމަ، ވެރިކަން ބަދަލު ވަންދެން، ޖަލަށްލާ ކޮންމެ މީހަކު ބޭސްފަރުވާއަށް ފޮނުވަން ޖެހެނޭ. ވަކި މީހަކަށް ވަކި ގޮތެއް އޮވެގެން ނުވާނެ.

ހުހުހު

ޓެރަރިސްޓެއްގެ ދަރިންނަށް ހޮރުން ނިކުމެ އަނގަ ހުޅުވަން ކެރިއްޖެތަ؟ ލަދު

އަލިވާގެ ހަގުރާމަ

މައުމޫނަށް ވަރަށް ގޯނާ ކުރި ރައީސް ނަޝީދު އަދިވެސް އެދުވަސް ހަދާން އެބަހުރި އަލިވާގޭދޮށުގައި ހިގާދިޔަ ހަރަކާތްތައް ރައްޔިތުން އެދުވަސް މަތިން އަދި ހަދާން ނެތޭ ހާ ދުވަހެއް ނުވޭ ރައީސް މައުމޫން ޖަލަށް ލެވޭތޯ ވަރަށް މަސައްކަތް ކުރި އެކަމަކު އެކަން ނުވީ ވެރިކަމަށް އައީ ރައީސް މައުމޫންގެ އެތަށް އެތަށް ވިޔާ ނުދާ ވާހަކައެއް ދައްކާފައި އެކަމަކު އާހިރުގައި ކަން ނިމިޔަދިޔައީ އެގޮތަކަށް ނޫން މައުމޫން ބޮލުގައި ނާޅުވާކަން އިލްޒާމެއްނެތް މިއީ ދިވެހި ރައްޔިތުން ނަށް އެގި ދިޔަ ހަގީގަތެއް

މަރީނާ ހެރިޓޭޖް

ތިރީގައިވާ"ދަށުދަރަޖައަށް".އެކަކު ލިޔުނު2ކޮމެންޓްދޯ. ޙަގީގަތްބުނީމަކަމުނުދިޔައިތަ؟ޔުމްނާ ކުރާނެމަސައްކަތެއްއޮވޭތަ؟ޒަހާ މަސައްކަތެއްކުރޭތަ؟ޖެލަސްވީތޯ؟

Ziyaad

އަންނިގެ ދަރިންގެ ލަދުކުޑަކަން

ޝައްފަ

ޑޮކްޓަރ ރާމީ އެވިދާޅުވީހަމަ ތެދުފުޅެއް. ރައްޔިތުންގެ ގިނަބަކަށްއަނިޔާލިބުނު. ހަގީގަތްވާނީހަގީގަތަށް.

އަހްމަދު

ބަލަމަނިކުފާނުގެދަރިން ރުޅިއަރުވަން މަނިކުފާނުބޭނުންނުވާނަމަ މަނިކުފާނުއެބަޖެހޭ ދިވެހިރައްޔިތުން ރުޅިއެރުވުންހުއްޓާލަން މަނިކުފާނުގެސަބަބުން މިގައުމުގައިއޮތް ހަމަހަމަކަމާ އެއްބައިވަންތަކަމާ އިހްތިރާމް މިވަނީގެއްލިފަ އެކަމައްޒިންމާވާންޖެހެނީ ހުދު ތިމަނިކުފާނު މިހާރުވެސް މިގައުމުގެއޮތްވެރިކަމުގެނިޒާމް ހިސޯރުކޮށްތިޔަހުންނަވަނީ މިކަމުގެޒިންމާނަގާނީކޮންބޭފުޅެއްބާ

ދޮގެއްތަ؟

އޭނާގެ ދަރިން ރުޅި އައިއްސިތަ އެއީ އަހަރުމެން ވަރަށް އުފާވާ ކަމެއް. އޭނަ އަހަރުމެން ރުޅިއަރުވާތާ ހާދަ ދުވަހެކޭ. އޭނައާ އޭނަގެ ދަރިން ތާއަބަދު ރުޅިއަރުވާފަ ބައިތިއްބާ!

ސުރައްޔާ

ޔުމްނާ އެބުނާހެންކުޑަވެސްމަސައްކަތެއް ނުކުރޭ. މުންނާރުގަކުލަލީވެސް ރައީސް އޮފީހުން އަންގައިގެން. ޒަހާ ވެސްކުޑަވެސް މަސައްކަތެއްނުކުރޭ. ބލ އެއް މިމައުމޫނުގެ އާއިލާއާއިހެދި.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910