ހަބަރު

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައިފި އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑެއްގައި ދުއްވާފައި އައި ސައިކަލެއް ކާރެއްގައި ޖެހިގެންނެވެ.

ފުލުހުން ބުނީ ހުޅުމާލޭ ރީތިގަސްމަގާއި އަސުރުމާ ހިނގުން ގުޅުނު ހިސާބު ހަތަރު އަނގޮޅި ކަންމަތީގައި އެކްސިޑެންޓެއް މިއަދު ހަވީރު ހިނގާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގުއި ސައިކަލް ދުއްވަން އިން 49 އަހަރުގެ ފިރިހެނަކަށް އަނިޔަާވެގެން ހޮސްޕިޓަލްގައި ފަރުވާ ދެމުނދާ ކަމަށާއި އޭނާ އަށް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށެވެ.

މީގެ އިތުރުން އެކްސިޑެންޓް ހިނގި އިރު ކާރާއި ސައިކަލް ދުއްވަން އިން ދެ މީހުން އަތުގައިވެސް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އޮންނަ ކަމަށް ފުލުހުން ބުންޏެވެ. މި އެކްސިޑެންޓުގައި ކާރަށާއި ސައިކަލަށް ވަނީ ބޮޑެތި ގެއްލުންވެފަ އެެވެ.