ހަބަރު

އިންތިހާބު ފަސްކުރަން އެދިފައެއް ނެތް: އީސީ

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް އެއްވެސް ފަރާތަކުން އެދިފައިނުވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން މިއަދު ބުނެފި އެވެ.

މީގެއިރުކޮޅެއް ކުރިން ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ޓްވީޓް ކުރައްވާ ވިދާޅުވީ އިންތިހާބު ފަސް ކުރުމަށް އެމްޑީޕީއިން އިލެކްޝަން ކޮމިޝަންގައި އެދޭނެކަން އޭނާއަށް މާކުރިން ވެސް އެނގޭ ކަމަށެވެ.

ޝިޔާމްގެ މި ޓްވިޓާ ގުޅިގެން އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމްއާ އަވަސްއިން ސުވާލު ކުރުމުން ވިދާޅުވީ އިލެކްޝަން ކޮމިޝަނުގައި އިންތިހާބު ފަސްކުރުމަށް އެއްވެސް ފަރާތަކުން އެދިފައިނުވާ ކަމަށެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

އިލެކްޝަން ކޮމިޝަނުން ދަނީ އިންތިހާބުގެ ފަހުގެ ތައްޔާރީތައްވަމުންނެވެ. ކެންޑިޑޭޓުން ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ބަންދުވެފަ އެވެ. މި އިންތިހާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ އެމްޑީޕީ އާއި ޕީޕީއެމްގެ މެދުގަ އެވެ. އެހެން ޕާޓީތަކުގެ މާބޮޑު ހިއްސާއެއް މި އިންތިހާބަކުން ނުފެނެ އެވެ.