މާލޭ ސިޓީ

ގެއެއްގެ ސެކިއުރިޓީއަށް އިން މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

Mar 10, 2020

މާލޭގެ ގެއެއްގައި ސެކުއުރިޓީ ބަލަހައްޓަން އިން މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުންގެ އިދާރާގެ މީޑިއާ ގްރޫޕެއް މެދުވެރިކޮށް ފުލުހުން ހިއްސާ ކުރި މެސެޖެއްގައި ބުނެފައި ވަނީ މާފަންނު ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިގެން އަންގާފައިވާ ކަމަށެވެ.

އަދި ބުނީ މަރުވެފައި ވަނީ 46 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެ މީހާއަކީ އެނާ ވަޒީފާ އަދާ ކުރުގެ ގޮތުން ސެކުއިރިޓީ ގާޑަކަށް އިންދާ މަރުވި މީހެއް ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ބަލަން ޖެހެން ކަން ބަލަމުން ގެންދާ ކަމަށެވެ.