ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެމްއާރްއެމްގެ ރައީސް ބޭނުންވަނީ އިންތިހާބު ފަސް ކުރުމަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރަން ސިޔާސީ ޕާޓީ އެމްއާރުއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެދި ވަޑައިގެން ޓްވީޓް ކުރައްވައިފި އެވެ.

ކުރިން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ވެސް ކުރެއްވި، ރައީސް މައުމޫނު ވިދާޅުވީ ދުނިޔޭގައި ފެތުރެމުންދާ، އަދި ރާއްޖޭން ވެސް ފެނިފައިވާ ކޮރޯނާ ވައިރަހުން ރައްކާތެރިވާން އަޅާ ފިޔަވަޅެއްގެ ގޮތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ގޮވާ ލައްވާ ކަމަށެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހު ހަތަރެއްގަ އެވެ. ކޮރޯނާ ވައިރަސް ރާއްޖޭން ފެނުމާއި ގުޅިގެން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީން ވަނީ ކެމްޕޭން ހަރަކާތްތައް ވެސް ވަނީ މަޑުޖައްސާލާފަ އެވެ.

ކޮރޯނާ ވައިރަސް ރާއްޖޭން ފެނުމާ ގުޅިގެން ކައުންސިލް އިންތިހާބު ފަސް ކުރުމަށް ވެސް އާންމުންނާއި ބައެއް ސިޔާސީ ބޭފުޅުން ދަނީ އެދެމުންނެވެ.

ސިޔާސީ ޕާޓީތަކާއެކު ސަރުކާރުން އެކަމުގެ މަޝްވަރާތަކެއް ފަށާފައިވާއިރު، އީސީއިން ބުނެފައި ވަނީ އިންތިހާބު ފަސް ކުރާނީ، ފަސް ކުރަން ޖެހޭފަދަ މާހައުލެއް އުފެދިއްޖެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން އެންގުމުން ކަމަށެވެ.

ރާއްޖޭގައި ކޮރޯނާ އަށް ހަ މީހަކު ޕޮސިޓިވް ވެފައިވާ އިރު ދެ ރިސޯޓެއް ވަނީ އަރައިފޭބުން ވަގުތީ ގޮތުން މަނާކޮށްފަ އެވެ. އެއީ، ޅ. ކުރެއްދޫ އައިލެންޑް ރިސޯޓާއި އއ. ބަތަލާ ރިސޯޓެވެ.