ޖުމްހޫރީ މައިދާނުގައި ގޮތް ނޭނގޭ ދަބަހެއް އޮވެގެން އެއީ ކޮން އެއްޗެއްތޯ ބެލިއިރު ނުރައްކާތެރި އެއްވެސް އެއްޗެއް ނެތް ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.
އެމްއެންޑީއެފްގެ ތަރުޖަމާނު އިބްރާހިމް އާޒިމް ވިދާޅުވީ ޖުމްހޫރީ މައިދާނަކީ ގިނަ ބަޔަކު ޖަމާވާ ސަރަހައްދެއްކަމުން އެފަދަ އެއްޗެއް ފެނުމުން ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބަލަންޖެހޭ ކަންކަން ބަލާފައިވާ ކަމަށެވެ.
ޖުމްހޫރީ މައިދާނުގައި ހުރި ޑަސްބިނެއް ކައިރީގައި ބާއްވާފައި އޮތީ ރަށް ކުލައިގެ ބޮޑު ދަބަހެކެވެ.
އެ ސަރަހައްދު ބަންދުކޮށްގެން ސިފައިން ސަލާމަތީ ގިޔަރުގައި އެ ފޮށި ބެލިއިރު އޭގައި ނުރައްކާތެރި އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށް އާޒިމް ވިދާޅުވި އެވެ.