ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޮވިޑް 19: ހިދުމަތްތައް ހޯދަން އެޕްލިކޭޝަންތައް!

ދުނިޔޭގަައި ވެސް މިހާރު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް، ކޮވިޑް 19 ރާއްޖޭގެ ގޮނޑުދޮށާ ހަމައަށް ވެސް ވަނީ ފޯރައިފި އެވެ. ރާއްޖޭގައި އަށް ބިދޭސީއަކު ވައިރަހަށް ޕޮސިޓިވް ވެފައިވާ އިރު މި ވައިރަހާ ގުޅިގެން ރާއްޖޭގަައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާން ކޮށްފަަ އެވެ. މުއްދަތެއް ނެތް ގޮތަށް އާއްމު އެއްވުންތައް ނުބާއްވަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

އެކި އެކި ހިދުމަތްތައް ހޯދަން ކުންފުނިތަކަށް ދިއުމާއި ކުޑަކުދިންނާއި ބަލި މީހުން ގޮވައިގެން ގިނަ ވަގުތު ބޭރުގައި އުޅުން މަޑު ކުރުމަށް އަންގާފަައި ވަނީ ރައްކާތެރި ވުމުގެ ގޮތުންް އަޅާ މުހިއްމު ފިޔަވަޅުތަކެއްގެ ގޮތުގަ އެވެ. ސްކޫލްތައް ވެސް ހަފުތާ އަަކަށް ބަންދު ކޮށްފަައިވާއިރު ބައެއް ކުންފުނިތަކުން ވަނީ އެ ކުންފުނިތަކުގެ ހިދުމަތްތައް ގޭގައި ތިބެ ބޭނުން ކުރެވޭނެ ގޮތްތައް ހަމަޖައްސާފަ އެވެ. ކައުންޓަރުތަކަށް ގޮސް ކިޔޫގައި ޖެހި ހިދުމަތް ހޯދުމުގެ ބަދަލުގައި ގޭގައި ތިބެ، ވަސީލަތްތައް މެދުވެރިކޮށް އެ ހިދުމަތްތަައް ހޯދުމަށް އެދެ އެވެ.

ފެން ބިލް

އެމްޑަބްލިއުއެސްސީގެ ހިދުމަތްތައް ހޯދަަން، ކަސްޓަމާ ސާވިސް ކައުންޓަރަށް ދިއުމުގެ ބަދަލުގައި އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަން އަދި އޮންލައިން ހިދުމަތުގެ ބޭނުން ހިފާށެވެ. އެޕް މެދުވެރިކޮށް ކޮންމެ މަހެއްގެ ފެން ބިލަށް އަރާ އަދަދު ބެލުމަށްފަަހު ފައިސާ ވެސް ދެއްކޭނެ އެވެ. އަދި، އޮންލައިންކޮށް ފެނާއި ނަރުދަމާގެ ހިދުމަތަށް އެދި ފޯމް ހުށަހެޅުމާއި ގޭގައި ތިބެގެން އެ ހިދުމަތުގެ ސްޓޭޓަސް ބަލާލެވޭނެ އެވެ. މީގެ އިތުރުން މައުލޫމާތު ސާފުކުރަން ނުވަތަ މައްސަލަ އެއް ހުށަހަޅަން ބޭނުންވާ ނަމަ، އެ ކުންފުނީގެ ކަސްޓަމާ ސެންޓަރު 105 އަށް ގުޅުމުން އެކަންވެސް ވާނެ އެވެ.

ކަރަންޓު ބިލް

ކަރަންޓު ބިލް ދަައްކަން ވެސް ސްޓެލްކޯއަށް ދިއުމުގެ ބަދަލުގައި އެޕްލިކޭޝަނުން އެކަން ކޮށްލެވޭނެ އެވެ. ސްޓެލްކޯގެ އެޕް މެދުވެރިކޮށް، ބިލުގެ އަަދަދު ބެލުމާއި ފައިސާ ދެއްކުމުގެ އިތުރުން، ބިލުގެ ތަފްސީލުވެސް ބެލޭނެ އެވެ. މީގެ އިތުރުން، ވެބްސައިޓް މެދުވެރިކޮށް ހިދުމަތްތަކަށް އެދުމުގެ ފުރުސަތު މި ކުންފުނިން ވެސް ދެ އެވެ.

ފޯނު ބިލް

ރާއްޖޭގައި ޓެލެކޮމްގެ ހިދުމަތް ދޭ ދެ ކުންފުނިން ވެސް އެ ކުންފުނީގެ އެޕްލިކޭޝަން އާއި ވެބްސަައިޓް ބޭނުން ކުރުމަށް އެދެ އެވެ. ދިރާގާއި އުރީދޫގެ އެޕްލިކޭޝަން އިން ފޯނު ބިލް ދެއްކުމާއި އިތުރު ހިދުމަތްތަކަށް އެދުމުގެ ފުރުސަތު މީގެ ކުރިންވެސް އޮވެ އެވެ. މިފަދަ ކްރަައިސިސްް އެއްގައި ކަސްޓަމާ ސެންޓަރަށް ދިއުމުގެ ބަދަލުގައި އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށް މި ހިދުމަތް ހޯދި ދާނެ އެވެ. އެޕްތައް ފަަރުމާކޮށްފައި ހުންނަނީ ފަސޭހަކަމާއެކު ބޭނުން ކުރެވޭނެ ގޮތަށެވެ.
މީގެ އިތުރުން، އުރީދޫ ނަންބަރުތަކަށް ގުޅުމުން ހޭލުންތެރިކުރުމުގެ މެސެޖެއް ވެސްް މިހާރު އިވޭނެ އެވެ. ބޭނުމަކީ ކޮންމެ ވަގުތެއްގައިވެސް މި ބައްޔަށް ސަމާލުވެ ތިބުމެވެ.

ޓިކެޓިން

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އާއި އެހެނިހެން އެއާލައިންތަކުން ދަނީ އޮންލައިންކޮށް ހިދުމަތް ދެމުންނެވެ. އެހެންވެ މިފަދަ ވަގުތެއްގައި މިފަދަ ހިދުމަތްތައް ބޭނުން ކުރަން ތައްޔާރު ވުމަކީ މުހިންމު ކަމެކެވެ.

ބީއެމްއެލްގެ ހިދުމަތްތައް

ގިނަ ކުންފުނިތަކުން ފައިސާ ދައްކަން ބޭނުންކުރަނީ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ އެވެ. ބީއެމްއެލް އިން ތައާރަފުކޮށްފައިވާ ޑިޖިޓަލް ޗެނަލްތަކަކީ ފަސޭހައިން ބޭނުންކޮށްލެވޭނެ ހިދުމަތް ތަކެވެ. ބީއެމްއެލްގައި އިންޓަނެޓް ބޭންކިން އާއި މޮބައިލް ބޭންކިން އަދި މޮބައިލް ޕޭ ވިތް ކިއުއާރު ކޯޑް އަދި މޮބައިލް ޕޭ ވިތް ބައި ލިންކްގެ އިތުރުން ކޮންޓްރެންޓް ލެސް ކާޑް ހިދުމަތް ހިމެނެ އެވެ.

އިންޓަރެކްޓިވް ސެޝަންތައް

ސްކޫލް ހުޅުވުން ލަސްވި ނަމަވެސް ދަރިވަރުންނަށް ކިޔެވުން މެދުކަނޑާ ނުލާން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފަަ އެވެ. އެއް ހަފުތާއަށް ބަންދުކޮށްފަައިވާއިިރު، އެ މުއްދަތުގައި ކިޔަވައިދޭނީ އިންޓަނެޓްގެ އެހީގަަ އެވެ. އެޑިއުޕޭޖްއާއި ގޫގުލް ކްލާސްރޫމާއި ޓެޑް-އެޑް ފަދަ ވަސީލަތްތައް މެދުވެރިކޮށް ކްލާސްތައް ނަގައި ދޭއިރު، ވެބްޕޯޓަލްއާއި ގޫގުލް ޑްރައިވް މެދުވެރިކޮށް ފިލާވަޅުތައް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން، މާލޭގައި ހުންނަ ދެ ލައިބްރަރީ، ގައުމީ ކުތުބުހާނާ އާއި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަަރީ ބަންދު ކޮށްފަައިވާއިރު އެކި އެކި ބޭނުންތަކަށް ފޮތް ހޯދުމަށް ވެސް އިންޓަނެޓްގެ އެހީ ހޯދިދާނެ އެވެ. ރިސާޗް ފޮތްތަކާއި ވާހަކަ ފޮތްތަކުން ފުރި ބަންޑުން ވެފަައި އޮތް އިންޓަނެޓުން މި ދުވަސްވަރު ކިޔެވުމަށް ސަމާލުކަން ދޭން ޖެހެ އެވެ. އެއްވެސް ހާލެއްގައި ކިޔެވުން މަޑު ޖައްސާލުމަކީ އެދެވޭ ކަމެއް ނޫނެވެ.

މިފަަދަ އެޕްްތަކުގެ ބޭނުން ހިފައި މީހުން ގިނަ ތަންތަނާއި އާއްމުން އެއްވެ އުޅޭ ތަންތަނަށް ދިއުންް މަދު ކުރުމަށް ފަަރުދީ ޒިންމާ އަދާ ކުރެވޭނެ އެވެ. މި އެޕްލިކޭޝަންތަކަކީ އެޕް ސްޓޯ އިންނާއި ގޫގުލް އެޕްސް އިންް ޑައުންލޯޑް ކުރެވެންް ހުންނަ އެޕްތަކެކެވެ.