ގެއްލުން ދިނުން

ނައިބު ރައީސްގެ ކާރުކޮޅަށް ގެއްލުން ދިން މީހަކު ހައްޔަރުކޮށްފި

Mar 13, 2020

މަސްތުގެ ހާލަތުގައި ހުރި މީހަކު ނައިބު ރައީސްގެ ކާރުކޮޅަށް ގެއްލުން ދީފި އެވެ.

ފުލުހުން ބުނީ މަސްތުވެފައި ހުރި މީހަކު، ނައިބު ރައީސް ދިރި އުޅުއްވާ ހިލާލީގޭގެ ކައިރި އާއި އެ ސަރަހައްދުގައިވާ ވެހިކަލްތަކަށް ގެއްލުން ދޭ ކަމުގެ މައުލޫމާތެއް ރިޕޯޓް ކުރުމުން ފުލުހުން ގޮސް ބެލި އިރު ހިލާލީގޭގެ ކައިރީ ބާއްވާފައި އޮތް ނައިބު ރައީސްގެ ކާރުކޮޅުގެ ވައިޕަރާއި ނަމްބަރު ބޯޑު ބިންދާލާ ގެއްލުންތައް ދީފައިވާ ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން 29 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށް ވަނީ ތަހުގީގެއް ފަށާފަ އެވެ. މި ހާދިސާ ހިނގި އިރު މީގެ ކުރިން ވަނީ ރައީސްގެ ކާރުކޮޅު މައްޗަށް ވެސް ފެން އެއްޗެއް އޮއްސާލި މައްސަލައެއް ބަލާފަ އެވެ.