ވިޔަފާރި

ޕެރަޑައިސް ބާއްވާފައި، ގާސިމްގެ އެހެން ރިސޯޓްތައް ބަންދުކޮށްފި

ޕެރެޑައިސް އައިލެންޑް ރިސޯޓުގެ ރެސްޓޯރެންޓް: ވިލާގެ ރިސޯޓްތަކަށް ބޮޑެތި ގެއްލުންތައްވާތީ ގިނަ ރިސޯޓްތައް ވަނީ ބަންދުކޮށްފައި -- ފޮޓޯ: އަވަސް
55.6%
0%
44.4%

ދުނިޔެއިން ބަލާއާފަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19 އިގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް ލިބެމުންދާ ގެއްލުންތަކާއެކު މަޝްހުރު ވިޔަފާރި ކުންފުނި ވިލާގެ އެއް ރިސޯޓް ފިޔަވައި ހުރިހާ ރިސޯޓުތައް ވަގުތީ ގޮތުން ބަންދުކޮށްފި އެވެ. އޮޕަރޭޝަންގައި ބާއްވާފައި ވަނީ ހަމައެކަނި ޕެރަޑައިސް އައިލެންޑް ރިސޯޓެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ވިލާ ގްރޫޕުގެ ހަރަދު ކުޑަ ކުރުމުގެ ގޮތުން، އެ ގްރޫޕުގެ ދަށުން ހިންގާ ސަން އައިލެންޑާއި ފަން އައިލެންޑާއި ހޮލިޑޭ އައިލެންޑް އަދި ރޯޔަލް އައިލެންޑު ވެސް ވަގުތީ ގޮތުން ބަންދު ކުރަން ވަނީ ނިންމާފަ އެވެ. މިއާއެކު ދެން ހަމައެކަނި ޓޫރިސްޓުން ގެންނާނީ ޕެރަޑައިސް އައިލެންޑް ރިސޯޓަށެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ސިޔާސީ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާގެ ރިސޯޓު ތަކަކީ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރާ ތަންތަނެވެ. އެނގިފައިވާ ގޮތުގައި މި ބަދަލާއެކު ވިލާގެ ރިސޯޓުތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުންނަށް ނޯޕޭ ލީވް ނަގަން ވެސް ވަނީ އަންގާފަ އެވެ.

މިކަމާ ގުޅޭ ގޮތުން ބަހެއް ހޯދަން ވިލާ ގްރޫޕުގެ ވެރިޔާ އަދި ޗެއާމަން ގާސިމާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ގާސިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ރަސްމީކޮށް އެ ކުންފުނީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ވިލާ ގްރޫޕުން ދާދި ފަހުން ވަނީ ހަރަދު ކުޑަ ކުރުމުގެ ގޮތުން އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަތައް ވެސް ކުޑަ ކުރަން ވެސް ނިންމާފަ އެވެ.

ސިޔާދު ގާސިމް ސޮއި ކުރައްވައި ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ ވިލާއަށް އާމްދަނީ ލިބެނީ އެ ކުންފުނިން ހިންގާ ރިސޯޓުތަކުން ކަމަށްވާއިރު ގެސްޓުންގެ އަދަދު މަދުވެ އާމްދަނީ ވެސް މަދުވެފައިވާ ކަމަށެވެ. އަދި ކުންފުނި ދެމެހެއްޓުމަށްޓަކައި ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުގެ ތެރެއިން އެ ކުންފުނީގައި މަަސައްކަތް ކުރާ ހުރިހާ މުއައްޒަފުންގެ މުސާރަ އަންނަ މަހުން ފެށިގެން ކުޑަ ކުރަން ބޯޑުން ނިންމާފައިވާ ކަމަށެވެ.

ކޮވިޑް-19 ބަލާ އާފާތުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. ރާއްޖެ އަށް ޓޫރިސްޓުން އައުން މަދުވެގެން ދިއުމުގެ ނަތީޖާއަކީ މި އަހަރު ލިބޭ ކަމަށް ކުރިން ބުނި އަދަދުގެ އާމްދަނީގެ ތެރެއިން 135.9 މިލިޔަން ޑޮލަރު އާއި 446.6 މިލިޔަން ޑޮލަރު އާ ދެމެދުގެ އަދަދަކަށް ގެއްލުމުގެ ބިރު އޮތުމެވެ.

މިހާރުގެ ފޯކާސްޓްތަކުން ދައްކާ ގޮތުގައި ކުރިން ކުރި ލަފަޔާ ހިލާފަށް ރާއްޖޭގެ އިގްތިސޯދުގެ ދުވެލި ބޮޑު ތަނުން ދަށްވާނެ އެވެ. ކުރިން ބެލިފައި ވަނީ އިގްތިސޯދީ ދުވެލި ހުންނާނީ 7.5 ޕަސެންޓުގައި ކަމަށެވެ. އެކަމަކު މިހާރުގެ ލަފާ ކުރުމަކީ ދުވެލި 0.5 އާއި މައިނަސް 5.6 ޕަސެންޓަށް ވެއްޓޭނެ ކަމެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ގޮއިދޫހަސަނު

ޤާސިމްގެބަސްމަގުހުންނަގޮތުން ވެއަތުވެދިޔަތަނުގައި އޭނާ މަސައްކަތްކޮށްފައިވަނީ ރައްޔިތުންގެ ލާބައާއި މަންފާއަށެވެ. އޭނަގެހިތުން އޭނާއަކީ ފިލޭންތޮރަޕިސްޓެއްފަދަ މީހެކެވެ. ބޭސްފަރުވާއަށް މީހުންގެންގޮސް މުޖުތަމަޢަށް ފައިދާވާކަހަލަ ކަންތަކަށް ޚަރަދުކޮށްހަދާ ދީލަތި ބޭކަލެކެވެ. މިފެންނަނީ އެއާއި އިދިކޮޅަށްފެންނަ ޤުދުރަތީ އިލާހީހެއްކެވެ. ކުރިމަތިވެފައިވާ ބަލިމަޑުކަމުގެތެރޭގައި މުވައްޒިފުން ރަށްރަށަށްގޮސް ދާންވީ ބާނާވަރުނުކިރޭ، ކިރާވަރަށް އަތަށްފައިސާނުލިބޭ، ބޭރުގައި އަގުދަށްވެ، ނުވިކޭ މަހަށްތޯއެވެ؟ އެކަމަކު ބަލަންތިބެބަލާށެވެ! މިގޮތަށް ނޯޕޭލީވަށް މީހުންދޫކޮށްފައި، ބޭންކުންއެދޭ ލޯނުތައް މިކުންފުނިިންނަގާނެވެސްމެއެވެ. ފައިދާމިލިބެނީ ކާކަށްތޯއެވެ؟ ރައްޔިތުމީހާ އެހުރީ ނޯޕޭލީވުގައެވެ. އެމީހާއަށްއެއިންކުރި ފައިދާއެއް އެބައޮތްތޯއެވެ؟ ބުނާނީކީކޭބާ!

ޢައިމިނަ

ތިޔަހެން ނަހަދާ ނިކަމެތިކަން ލިބިގެންދާނީ އެތަޢް ބަޔަކަށް ދީލަތި އެހީބޭނުން ވިދުވަހު ހާލުގަ ނުޖައްސާ ދެއްވާފަރާތުން ދޭއްވާނީ ދީލަތި މީހުންނަށް

ރިސޯޓު ސޮރު

ބަލަގަ އަހަރެމެން ވެސް ލާރި ބޭނުން ގާސިމު ނޫނަސް. ދެން އަހަރެމެން ތިބެންވީ ބަނޑަށް ޖެހިފަދޯ ؟ މިއީ ރާއްޖޭގަ ހުރި ލާރިނެއް މަހުޖަނު ދޯ ؟ ބޯހަލާކު މީތިން ނާ ހެދި..

އައިޝާގެ ސަފާ ރީ

އެވަ ރުންވެސް ކުނޫޒު ބަންދެނުކު ރިދޯ... ރިސޯޓުތަކުގަތިބީ ނިކަމެތި މުއައްޒިފުން އެމީހުން އެއީ ގާސިމުގެ ޖަލްސާތަކުގަ އަތްޖަހާދޭކުދިން.އެކުދިން ގާސިމުބާއްވާ އެއްވުންތަކުގަ އަޑުއުފަލަދީ ބޯގިނަކޮއްދީހެދި. ކުނޫޒުގަ މިހާ ރުތިބީ މަހުމުސާ ރައަށް އަތްޖަހާދޭ އަދި ލަވަކިޔާދޭ މީހުން އެއްފަ ރާތްކޮއްފަ ރިސޯޓުތަކުގެ މުއައްޒިފުންނާމެދު ވިސްނާފަ އެކުދިންނަ މުސާ ރަދީބަލަ..

ހަންޑިކަލޯ

ހައްދަވާ ގެންގުޅުއްވާ ިިލާހް، މި މީހާގެ ނު ބައިކަމުން ނިކަމެތި މުއައްޒަފުން ސަލާމަތް ކުރައްވާށި.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345