ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބެލެނިވެރިންނަށް "ސައިބާ ސޭފްޓީ" ފޮތެއް ނެރެފި

އިންޓަނެޓާއި ސޯޝަލް މީޑިއާ އަށް ހޭލުންތެރިި ކުރަން ބެލެނިވެރިންނަށް ފޮތެއް ނެރެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން "ސައިބާ ސޭފްޓީ" ފޮތް ނެރުނީ ފުލުހުންގެ ސައިބާ ކްރައިމް އިންވެސްޓިގޭޝަން ޔުނިޓާ ގުޅިގެންނެވެ.

ފޮތް ނެރުމަށްފަހު މި ފޮތާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން، އެޑިއުކޭޝަން މިިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ސްކޫލުތައް ބަންދު ކުރުމުން ދަރިވަރުންގެ އުނގެނުމުގެ ކަންކަން ރާވާފައިވަނީ އިންޓަނެޓުން ކަމުން، އިންޓަނެޓް ބޭނުން ކުރުމުގައި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ މިނިސްޓްރީގެ ޒިންމާ އެއް ކަމަށް ދެކޭ ކަމަށެވެ.

އަދި މި ފޮތުގެ އެހީގައި ދަރިވަރުން ހޭލުންތެރިކޮށްދޭނެ ގޮތްތައް ބެލެނިވެރިންނަށް އޮޅުންފިލުވައިދީފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސްކޫލްތައް ބަންދު ކުރުމުގެ ސަބަބުން އެޑިއުކޭޝަނުން ވަނީ އިންޓަނެޓް އާއި ޓީވީ މެދުވެރިކޮށް ކިޔަވައިދޭން ފަށާފަ އެވެ. އެގޮތުުން، އިއްޔެ ވަނީ ގްރޭޑް 10 އެއްގެ ކުދިންނަށް "ޓެލިކިލާސް"ތައް ޕީއެސްއެމްގެ ޔެސްޓީިވީން ގެނެސްދީފަ އެވެ. މި ކްލާސްތައް މި ކްލާސްތައް ހެނދުނު 8:00 އިން ފަށައިގެން 14:00 އަށް ކުރިއަށް ގެންދެ އެވެ. އެ ގަޑިތަކުގައި ކިޔަވައިދޭނެ ފިލާވަޅުތަކާއި އެ ފިލާވަޅުތައް ނަގައިދޭނެ ޓީޗަރުން ވެސް އެޑިއުކޭޝަނުން ގެންދަނީ ޓްވިޓާ މެދުވެރިކޮށް ހިއްސާ ކުރަމުންނެވެ. އަދި ކޮންމެ ދުވަހެއްގެ ޓައިމް ޓޭބަލް ވެސް އެއް ދުވަސް ކުރިން ދެ އެވެ.

ގްރޭޑް 10 އެއްގެ ކްލާސްތަކުގެ އިތުރުން، އެހެން ގްރޭޑްތަކަށް ވެސް ކްލާސްތައް ނަގައިދޭން ވެސް އެޑިއުކޭޝަނުން ދަނީ ތައްޔާރުވަމުންނެވެ.