ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރިސޯޓަކުން ފަތާފައި މީދޫއަށް އެރި މީހަކު ހައްޔަރުކޮށްފި

ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުން މަނާ ކޮށްފައި ވަނިކޮށް ރިސޯޓެއްގެ މުވައްޒަފަކު ފަތާފައި ގޮސް އައްޑޫ ސިޓީގެ މީދޫއަށް އެރުމާ ގުޅިގެން ފުލުހުން އޭނާ ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި ފަތާފައި ގޮސް މީދޫއަށް އެރީ އެ އަތޮޅުގައި އޮންނަ ސައުތު ޕާމް ބީޗް ރިސޯޓްގެ މުވައްޒަފެކެވެ. އިއްޔެ މެންދުރުފަހު އެމީހާ މީދޫއަށް އެރިކަން އެނގުމުން ހައްޔަރުކުރީ ހެލްތު ސެންޓަރަށް ގެންގޮސް ނުރައްކަލެއް ނެތް ކަން ޑޮކްޓަރު އެންގުމުން ކަމަށް ފުލުހުން ބުންޏެވެ،

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އެކި އިދާރާތަކުން ނެރެފައިވާ އެންގުންތައް ތަންފީޒު ކުރުމުގައި ފުލުހުން ހަރަކާތްތެރިވަމުން ދާނެ ކަމަށް ފުލުހުން ބުންޏެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް 13 މީހަކު މިހާތަނަށް ރާއްޖޭން ފެނިފައިވެ އެވެ. އެއީ ހަތަރު ރިސޯޓެއްގައި ތިބި ޓޫރިސްޓުންނާއި ބިދޭސީންގެ އިތުރުން ސަފާރީއެއްގައި ތިބި ބިދޭސީންތަކެކެވެ. އެކަމާ ގުޅިގެން ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުން ވަނީ މަނާކޮށްފަ އެވެ. އަދި ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާންކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ.