ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބަންގްލަދޭޝްއިން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލައިފި

މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ބަންގްލަދޭޝް ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އޮން އެރައިވަލް ވިސާ ލިބޭ ހުރިހާ ގައުމަކަށް އެ ހިދުމަތް މެދުކަނޑާލައިފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ، އޮން-އެރައިވަލް ވިސާ ލިބޭ ހުރިހާ ގައުމަކަށްވެސް މި ހިދުމަތް ވަގުތީގޮތުން ހުއްޓާލާފަފައިވާތީ ޑިޕްލޮމެޓިކް ޕާސްޕޯޓް ގެންގުޅޭ މީހުން ފިޔަވައި ހުރިހާ ދިވެހިންނަށް ވެސް އެ ގައުމަށް ޒިޔާރަތް ކުރުމުގައި އޮންނަ އޮން-އެރައިވަލް ވިސާގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އަދި ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު ވައިގެ ދަތުރުފަތުރު ވަގުތީގޮތުން މެދުކަނޑާލައިފައިވާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން، ކޮވިޑް-19 ފެނިފައިވާ ގައުމުތަކުން ބަންގްލަދޭޝްއަށް ދަތުރުކުރާ ހުރިހާ ދަތުރުވެރިންވެސް 14 ދުވަހުގެ ކަރަންޓީންގައި ތިބެންޖެހޭނެކަންވެސް އަންގަވާފައިވެ އެވެ.

ބަންގްލަދޭޝްގައި މި ވަގުތު ދިރިއުޅޭ ދިވެހިންނަށް ބަންގްލްދޭޝްގެ ސަރުކާރުގެ ނިންމުންތަކާއި އެންގެވުންތަކަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފަ އެވެ. އަދި، ބަންގްލަދޭޝްއަށް ދަތުރުކުރާ ދިވެހިންނާއި އެގައުމުގައި ދިރިއުޅޭ ދިވެހިން ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓަރ ކުރުމަށް ވަނީ އެދިފަ އެވެ.

ބަންގްލަދޭޝްގައި މެޑިސިން ކިޔަވާ ދިވެހި އެތައް ދަރިވަަރުންނެއް އުޅެ އެވެ. އެގައުމުގައި ކޮރޯނާ ވައިރަހުގެ ފަސް ކޭސް ވަނީ ޕޮސިޓިވް ވެފަ އެވެ.