ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޓްރީޓޮޕްގައި ފްލޫ ކްލިނިކެއް ހުޅުވައިފި

ޓްރީޓޮޕްގައި ހުޅުވި ފްލޫ ކްލިނިކް
0%
0%
0%

ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގައި ފުލޫ ކްލިނިކެއް ހުޅުވައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ޓްރީޓޮޕްގައި ހުޅުވި މި ކްލިނިކް ގާއިމް ކޮށްފައި ވަނީ އެ ހޮސްޕިޓަލުގެ ބަލި މީހުން ތިބޭ އައިޕީޑީ އާއި އޯޕީޑީ އާ ވަކިންނެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލެގައި ވަނީ މިހާރުވެސް ދެ ކްލިނިކެއް ހުޅުވާފަ އެވެ. މި ދެ ކްލިނިކްގެ ތެރޭގައި ހިމެނެނީ، ފްލޫއަށް ހާއްސަ ކްލިނިކަކާއި ޓްރެވަލް ކްލިނިކެކެވެ.

އޭގެ ތެރެއިން ފްލޫ ކްލިނިކް ހުޅުވާފައި ވަނީ ސިފައިންގެ އަސްކަރީ ހޮސްޕިޓަލް ސެނަހިޔާގަ އެވެ. އަނެއް ކްލިނިކް ހިންގަނީ 24 ގަޑި އިރު ހިދުމަތްދޭ ގޮތަށް ސިނަމާލެ 2 ގެ ފުރަގަހުގަ އެވެ.

އަލަށް ހުޅުވި ތިން ވަނަ ކްލިނިކް ހާއްސަ ކޮށްފައިވަނީ ބިދޭސީންނަށެވެ. އެ ކްލިނިކް ހުންނަނީ ހުޅުމާލޭގަ އެވެ.

މި ތިން ކްލިނިކަކަށް 959 މީހުން މިއަދާ ހަމައަށް ދައްކާފައިވާކަމަށް ކޮވިޑް-19 އަށް ހާއްސަކޮށްފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވަނީ ވިދާޅުވެފަ އެވެ. އޭގެތެރެއިން، ސެނަހިޔާ ހޮސްޕިޓަލުގެ ކްލިނިކަށް 700 އަށް ވުރެ ގިނަ މީހުން ދައްކާފައިވެ އެވެ.

މި ވައިރަސް ރާއްޖޭގައި ފެތުރިފައިވާއިރު 13 މީހަކު ވަނީ ޕޮސިޓިވް ވެފަ އެވެ. އެއީ ހުސް ބިދޭސީންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910