ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

މަޖީދީމަގުގެ މައި ވިޔަފާރިތައް ހުއްޓުމަކަށް!

ފައިވާނާއި ބޫޓާއި އަންނައުނުގެ ވިޔަފާރި ކުރާ ފަރާތް ތަކަށް ކޮންމެ ގަޑިއެއް ވެސް ހާއްސަ ވެއެވެ. ދުވާލުގެ ކޮންމެ ގަޑިއަކީ ރޭގަނޑެކޭ އެއްގޮތަށް ވިޔަފާރި ރަނގަޅު ވަގުތެވެ. އެކަމަކު މިހާރު މަޖީދީ މަގު ގަލޮޅު ދަނޑު ސަރަހައްދުގެ ގިނަ ފިހާރަތައް ހުންނަނީ ނިއްވާލާފަ އެވެ. އާއްމުކޮށް ހަލަބޮލިކަން ފެންނަ އެ ސަރަހައްދުން ހިމޭން ކަމަކަމާއޮ މަޑުމަތިތިރި ކަމެއް އިހުސާސް ވެއެވެ.

ކޮވިޑް-19 އިގެ ބަލާއާފާތާއެކު ރާއްޖޭގެ އިގްތިސޯދު ވެއްޓި، މަޖީދީ މަގު ރީޓެއިލް ވިޔަފާރި މިވަނީ ބޮޑުތަނުން ހީނަރުވެފަ އެވެ. ކުރިން މި ފިހާރަތަކަށް ރެއަކަށް 10،000ރ، ލިބޭއިރު މިހާރު އެއިން ފިހާރައަކަށް ވަދެލާނެ މީހަކު ވެސް މިހާރު ނުވެއެވެ.

"މިހާރުގެ ހާލަތުން ލިބޭ ގެއްލުމުގެ ވާހަކަ ދެއްކުމެއް ނެތް... މިހާރު ކުއްޔެއް ނުދެއްކޭ. މުސާރައެއް ނުދެވޭ. އެހެނިހެން ކަންކަމެއް ވެސް ނުކުރެވޭ،" މަޖީދީމަގުގައި ތިން ފިހާރަ ހިންގާ ޝާކިރު އަބްދުﷲ، އޭނާގެ ވިޔަފާރިއަށް ވަމުންދާ ގެއްލުން ބުނެ ދެއްވި އެވެ.

މި ވަރުގެ ދަށް ވުމެއް އަދި ނާދޭ

މަޖީދީމަގަކީ މާލޭގެ ވިޔަފާރީގެ މައި ސަރަހައްދެކެވެ. ހާއްސަކޮށް ގަލޮޅު ބޯޅަ ދަނޑުގެ ސިޓިބަރި ދަށުގައި ހިންގާ ވިޔަފާރިތައް ވެފައިވަނީ ވަރަށް މުހިންމު ބަޔަކަށެވެ. ކޮވިޑް-19 އިގެ ބަލާއާފާތް ލައިގަތުމުގެ ކުރީގައި މި ސަރަހައްދުގެ ފިހާރަތަކަށް ރެއެއްގެ މައްޗަށް 10،000ރ. ވަރު ލިބެ އެވެ. އެކަމަކު މިހާރު މި ވިޔަފާރި ހީނަރުވެ ރެއެއްގެ މައްޗަށް ސޭލްސްގެ ގޮތުގައި ލިބެނީ ވަރަށް ކުޑަ އެއްޗެކެވެ. ވިޔަފާރިއަށް އައިސްފައިވާ މި ހީނަރުކަން ވެފައިވަނީ އެތައް ބައެއްގެ ދިރިއުޅުމުގެ އެންމެ ފުނަށް އަސަރު ކުރުވާ ބޮޑު ތަދަކަށެވެ.

ފައިވާން ދެ ފިހާރަ ހިންގާ ޝޫޕާކް ފިހާރަ އިން ވާހަކަ ދެއްކި އަހުމަދު އަފްރާހު ބުނި ގޮތުގައި މި ވަރަށް ވިޔަފާރި ދަށަށް ދިޔަ ދުވަސްވަރެއް އޭނާއަށް ތަޖުރިބާ ކުރެވިފައެއް ނުވެއެވެ.

"މި ފިހާރަ އަށް މަހެއްގެ މައްޗަށް ހަރަދުވޭ އެބަ 130،000ރ. މި އަދަދަށް ފައިސާ ލިބިފައި އިތުރަށް އެއްޗެއް ލިބިގެން ނޫނީ ޖީބަށް އެއްޗެއް ލާކަށް ނުލިބޭނެ. ތަނުގެ ކުއްޔާއި ގުދަން ކުއްޔަކީ ވެސް ކުޑަ އެއްޗެއް ނޫން،" އަފްރާހު ބުންޏެވެ.

ސުޕަ ސޯލް ފިހާރައިގެ ސޭޓް ހަސަން ދީ ބުނި ގޮތުގައި ކޮވިޑް-19 އާ ހަމަ އިން އެއް ގޮތަކަށް ވެސް ވިޔަފާރިއެއް ނުވެއެވެ. މުޅި ވިޔަފާރި ވަނީ ހުއްޓިފަ އެވެ.

"ކޮބައިތޯ ސޭލްސްއަށް ބަދަލު ނާންނަ ކަމަށް ބުނާ ބުނުން... މިކަމުގައި ސަރުކާރުގެ އެއްބާރުލުން ވަރަށް ބޭނުންވޭ، އަދި މިއަދު އެކަޗެއް ވެސް ނުވިކޭ،" މިދިއަ ބުރާސްފަތި ދުވަހު އަވަސްގެ ނޫސްވެރިންނަށް އެ ފިހާރައިގެ ވިކުރާ ދައްކާލަމުން ހަސަންދީ ބުންޏެވެ.

ކުލި ކުޑަ ވާނެ ގޮތެއް ހޯދައިދީ

މަޖީދީމަގަކީ މާލޭގެ ވިޔަފާރީގެ މައި ސަރަހައްދަށްވުމުން ފިހާރަތައް ހިންގަން ދޫކޮށްފައި ހުންނަ ތަންތަނުގެ ކުލި ވަރަށް ބޮޑެވެ. ވިޔަފާރިތަކަށް އޮންނަ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވެސް އެއީ އެވެ. ހުރިހާ ވިޔަފާރިވެރިން ފާހަގަ ކުރަނީ ވެސް އެ ކަމެވެ. އެ ފިހާރަތަކުގެ ކުލި އިންތިހާއަށް ބޮޑީ އެވެ.

މާލޭގައި ތިން ފިހާރަ ހިންގާ ވިޔަފާރިވެރިއެއް ކަމަށްވާ އަހުމަދު ވަޖީހު ބުނި ގޮތުގައި މިހާރު ވިޔަފާރި ހިފަހައްޓާ ލެވޭވަރެއް ނޫނެވެ.

"ކެއުމާއި ބުއިމާއި ގޭގެ ހަރަދުތައް ކުރަނީ މިއިން. އެހެންވީމަ މިކަން ނުކުރެވޭ ހިސާބަށް ގޮސްފައި މިހާރު މި އޮތީ. ހައެއްކަ މަހުން އެއް މަހު މުދާ ކޮޅެއް ގެނެވެނީ. މިހެން އުޅެނިކޮށް މިކަން ޖެހުނީ. މިހާރު ހިފައްޓާ ނުލެވޭ،" ވަޖީހު ބުންޏެވެ.