ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އެމްޓީސީސީ އިން ޔަންމާ އަދި ސުޒުކީ އިންޖީނަށް ފައިސާ ދެއްކުން ފަސްކޮށްދީފި

އެމްޓީސީސީ އިން ވިއްކާ ޔަންމާ އަދި ސުޒުކީ އިންޖީނަށް ފައިސާ ދެއްކުން ތިން މަސް ދުވަހަށް ފަސްކޮށްދީފި އެވެ.

އެމްޓީސީސީ އިން ބުނީ ކޮވިޑް-19 އާ ގުޅިގެން އިގްތިސާދު ހިނަރުވެ، މަސްވެރިންނަށް ދަތިވަމުންދާތީ ލުއި ތަކެއް ދޭން ނިންމާފައިވާ ކަމަށެވެ. މިގޮތުން އެ ކުންފުނިން އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދައްކާ ގޮތަށް ނަގާފައިވާ ޔަންމާ އަދި ސުޒުކީ އިންޖީނުތަކަށް ފައިސާ ދެއްކުމުގެ މުއްދަތު ތިން މަސް ދުވަހަަށް ފަސްކޮށްދޭން ނިންމާފައިވާ ކަމަށެވެ.

އެމްޓީސީސީ އިން ވިއްކާ ސުޒުކީ އަދި ޔަމަހާ އިންޖީނަކީ މަސްވެރިންގެ މެދުގައި މަގުބޫލު އެއްޗެކެވެ. އަދި އެ ކުންފުނީގެ މި ދެ ބްރޭންޑުގެ އިންޖީނުގެ ސްޕެއާ ވެސް އެ ކުންފުނިން ވިއްކަ އެވެ.

ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ބާޒާރަށް މަސް ކިރުވަން ވެސް ވަނީ ދަށްވެފަ އެވެ. މީގެ މައިގަނޑު ސަބަބަކީ މަސްވެރިކަމުގެ ބާވަތްތައް އެންމެ ގިނައިން މަސް ގަންނަ ގިނަ ގައުމު ތަކަށް ކޮވިޑް-19 ގެ ވައިރަހުގެ އަސަރުކޮށްފައިވުމެވެ.