އެއްޖިންސުން ގުޅުން ހިންގަން އެދޭ ގޮތަކަށް ފިރިހެނަކާ ބޭއަދަބީ ބަހުން ވާހަކަ ދައްކާ ބައްދަލު ކުރަން އުޅުނު ފުލުސް ފިރިހެނެއްގެ މައްސަލަ ބަލަން ފަށައިފި އެވެ.
ފުލުހުންގެ އިދާރާއިން ބުނީ މިމަހުގެ 15 ވަނަ ދުވަހު ފިރިހެނަކާއެކު ޖިންސީ އަމަލެއ ހިންގަން ބޭނުންވާކަން ދޭހަވާ ގޮތަށް ވާހަކަ ދައްކާ ބައްދަލު ކުރަން ފިރިހެނަކު މަސައްކަތް ކޮށްފައިވާ މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާތީ އެކަން ބަލައި ތަހުގީގެއް ކުރަމުން ގެންދާ ކަމަށެވެ.
އަދި ބުނީ އެ މައްސަލާގައި ތުހުމަތު ކުރާ ފަރާތަކީ ފުލުސް ފިރިހެނެއް ކަމަށެވެ.
މި މައްސަލައިގެ ތަފުސީލެއް ފުލުހުން ނުދެ އެވެ. އެހެންވެ ފުލުސް މީހާއަށް ފިޔަވަޅެއް އެޅިކަމެއް އަދި ސާފެއް ނުވެއެވެ.