ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރިސޯޓަކަށް ދިޔަ މުވައްޒަފަކު ހައްޔަރުކޮށްފި

Mar 21, 2020

ހއ. އަތޮޅުގެ ރިސޯޓަކަށް މުވައްޒަފެއް އެރުމާ ގުޅިގެން މިރޭ އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ކޮވިޑް-19އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު އަންގާފައިވާ އެންގުމަކާ ހިލާފުވުމުންނެވެ.

ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު އަންގާފައިވަނީ އެއްވެސް ރިސޯޓަކަށް އެއްވެސް މީހަކު ނޭރުމަށެވެ. އަދި ރިސޯޓްތަކުން މީހުން އުޅޭ ރަށްރަށަށް ވެސް މީހުން ނެރުމަށެވެ. މިހާރު ޗުއްޓީގައި ތިބި މުވައްޒަފުންނަށް ވެސް އަނބުރާ ރިސޯޓަށް ދިޔުމުގެ ފުރުސަތެއް މިހާރު ނެތެވެ.

މީގެކުރިން ވެސް މިފަދަ ގޮތަކަށް އަމަލުކުރި ތިން މީހަކު ހައްޔަރުކުރި އެވެ. އެއީ އައްޑޫ ސިޓީއަށް ފަތާފައި އެރި މީހަކާއި ފުވައްމުލަކަށް ދިޔަ ދެ މީހެކެވެ. އެ ތިން މީހުންގެ ބަންދަށް ވެސް ވަނީ 15 ދުވަސް ޖަހާފަ އެވެ.