ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރިސޯޓަށް ދިޔަ މުވައްޒަފުގެ ބަންދު އިތުރުކޮށްފި

ހއ. އަތޮޅުގެ ރިސޯޓަކަށް އެރުމާ ގުޅިގެން ހައްޔަރުކޮށްފައިވާ އެ ރިސޯޓުގެ މުވައްޒަފުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެ މުވައްޒަފު އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ ކޮވިޑް-19އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު އަންގާފައިވާ އެންގުމަކާ ހިލާފުވުމުންނެވެ.

ފުލުހުން މިއަދު ބުނީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހއ. ފިއްލަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ބަންދުގެ މުއްދަތު 15 ދުވަސް އިތުރުކޮށްދީފައިވާ ކަމަށެވެ.

ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު އަންގާފައިވަނީ އެއްވެސް ރިސޯޓަކަށް އެއްވެސް މީހަކު ނޭރުމަށެވެ. އަދި ރިސޯޓްތަކުން މީހުން އުޅޭ ރަށްރަށަށް ވެސް މީހުން ނެރުމަށެވެ. މިހާރު ޗުއްޓީގައި ތިބި މުވައްޒަފުންނަށް ވެސް އަނބުރާ ރިސޯޓަށް ދިޔުމުގެ ފުރުސަތެއް މިހާރު ނެތެވެ.

މީގެކުރިން ވެސް މިފަދަ ގޮތަކަށް އަމަލުކުރި ތިން މީހަކު ހައްޔަރުކުރި އެވެ. އެއީ އައްޑޫ ސިޓީއަށް ފަތާފައި އެރި މީހަކާއި ފުވައްމުލަކަށް ދިޔަ ދެ މީހެކެވެ. އެ ތިން މީހުންގެ ބަންދަށް ވެސް ވަނީ 15 ދުވަސް ޖަހާފަ އެވެ.