ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އޮޅުވެލި މުވައްޒަފާ، ކޮވިޑް-19އާ ގުޅުމެއް ނެތް: ފުލުހުން

Mar 23, 2020

އޮޅުވެލި ރިސޯޓްގައި މިއަދު މަރުވި ބިދޭސީ މުވައްޒަފު، ކޮވިޑް-19 ބައްޔާ އެއްވެސް ގުޅުމެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

ރިސޯޓަކުން ކުއްލިއަކަށް މީހަކު މަރުވުމުން ބައެއް މީހުން ކަންބޮޑުވެފައިވެ އެވެ.

އެހެންވެ، ފުލުހުން މިރޭ ބުނީ އޭނާއާ ކޮވިޑް-19 އާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އޭނާގެ މެޑިކަލް ހިސްޓްރީއެއް އޮތް ކަމާއި އަދި އޭނާގެ މަރަކީ ގުދުރަތީ މަރެއް ކަމަށް ބެލެވޭ ކަމަށެވެ. ހަށިގަނޑުގައި އެއްވެސް އަނިޔާއެއް ވެސް ނެތް ކަމަށެވެ.

އެހެންނަމަވެސް އާންމު އުސޫލާ އެއްގޮތުގެ މަތިން ކަން ހިނގައިދިޔަ ގޮތް ތަހުގީގު ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

މިއަދު މަރުވެފައި އޮތްވާ ފެނުނީ 53 އަހަރުގެ ސްރީލަންކާ ރައްޔިތެކެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ކޮޓަރިންނެވެ. އެނގިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނުނީ ރިސޯޓްގެ ޕޭސްޓްރީ ޝެފެވެ.