ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހެލްތު ދާއިރާގެ ވޮލަންޓިއަރުން ހޯދަނީ

ހެލްތު ދާއިރާއިން ކިޔަވަމުން އަންނަ ޕްރޮފެޝަނަލުން ވޮލަންޓިއާ ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެދެފި އެވެ.

ކޮވިޑް-19އާ ގުޅޭ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ ވިދާޅުވީ ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖޭގައިވެސް ކިޔަވަމުންދާ ހެލްތު ކެއާ ޕްރޮފެޝަނަލުން ވޮލަންޓިއާ ކުރުމަށް އެ އޭޖެންސީ އިން އެދިފައިވާ ކަމަށެވެ.

އެޗްޕީއޭ އިން ވަނީ ވޮލަންޓިއަރުން ހޯދަން ސޯޝަލް މީޑިއާގައިވެސް އިއްޔެ އިއުލާނެއް ވެސް ކޮށްފަ އެވެ.

ވޮލަންޓިއަރުންނަށް ވާން ނަން ނޯޓު ކުރަން ހުޅުވާލާފައި ވަނީ ހެލްތު މިނިސްޓްރީގެ އޮންލައިން ފޯމެއް މެދުވެރިކޮށެވެ. އެ ފޯމު ފުރުމަށްފަހު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ވޮލެންޓިއަރުން މެނޭޖުކުރުމާ ބެހޭ ބައިގެ ނަމްބަރުން 3333405 ގުޅާނެ އެވެ.

ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަަސައްކަތަށް ވޮލަންޓިއަރުން ހޯދަން އިއުލާނުކޮށްފައިވާއިރު، މި މަސައްކަތަށް ރާއްޖެއިން ބޭރުގައި ތިބި 51 ދިވެހި ޑޮކްޓަރުން ރާއްޖެ އަނބުރާ ގެނައުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ރާއްޖެއިން ކޮރޯނާއަށް ޕޮޒިޓިވްވީ 13 މީހުންނެވެ. އޭގެ ތެރެއިން ފަސް މީހަކު މިހާރު ވަނީ ރަނގަޅުވެފަ އެވެ.