ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އިންޓަނެޓު އަގުހެޔޮކޮށް، ދިރާގުން ބޮޑެތި ޑިސްކައުންޓްތަކެއް

ސަރުކާރުން އެދިފައިވާ ގޮތަށް އިންޓަނެޓުގެ އަގަަށް ބަދަލު ގެނެސް ދިރާގު މޮބައިލް ކަސްޓަމަރުންނާއި ފިކްސްޑް ލައިން ކަސްޓަމަރުންނަށް ބޮޑެތި ލުއިތަކެއް ދީފި އެވެ.

މުޅި ރާއްޖެ އަށް އިންޓަނެޓުގެ ހިދުމަތް ދެމުން ގެންދާ ދިރާގުން ބުނީ އިންޓަނެޓުގެ އަގަށް ގެނައި ބަދަލާއެކު، ހުރިހާ ހޯމް ފިކްސްޑް ބްރޯޑް ބޭންޑް ކަސްޓަމަރުންނަށް ހިލޭ ދޭ ޑޭޓާ އެލަވަންސް އިތުރުކޮށްދެވުމުން، 70 ޕަސެންޓް އަށްވުރެ ގިނަ ކަސްޓަމަރުންނަށް ލިބޭ އެލަވަންސް މަދުވެގެން ދެގުނަ އަށް އިތުރުވެގެންދާނެ ކަމަށެވެ. އަދި މޮބައިލް ކަސްޓަމަރުންނަށް ހިލޭދޭ ޑޭޓާ އިތުރުކޮށް ދިނުމުން، ދިރާގުގެ ހުރިހާ މޯބައިލް ކަސްޓަމަރުންނަށް މަދުވެގެން 50 ޕަސެންޓް އިތުރު ޑޭޓާ ހިލޭ ލިބިގެންދާނެ ކަމަށެވެ.

އެ ކުންފުނިން މިއަދު ގެނައި ބަދަލާއެކު، ކުރިއަށް އޮތް މަހު ކަސްޓަމަރުންގެ ފޯނު ބިލަށް ބޮޑު ލުޔެއް ލިބިގެން ދާނެ އެވެ. ދިރާގުން ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި:

ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް

  • ހުރިހާ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 50 ޕަސެންޓާއި 140 ޕަސެންޓުގެ ޑޭޓާ އެލަވެންސް އެޕްރިލް އަދި މެއި މަހު ދިނުން
  • މިމަހު ހުރިހާ ބޫސްޓާ ތަކަށް ދީފައިވާ 50 ޕަސެންޓުގެ ޑިސްކައުންޓް އެޕްރީލު މަހު ވެސް ލިބޭނެ

މޮބައިލް ކަސްޓަމަރުންނަށް

  • ޕޯސްޑްޕެއިޑް ކަސްޓަމަރުންނަށް އެޕްރިލު އަދި މެއި މަހު 50 ޕަސެންޓާއި 75 ޕަސެންޓުގެ އިތުރު ޑޭޓާ އެލަވަންސް
  • ޕްރީޕެއިޑް ކަސްޓަމަރުން އެޕްރީލު އަދި މެއި މަހު ނަގާ މަންތްލީ ޑޭޓާ އެޑް-އޮން އަށް 50 ޕަސެންޓް އިތުރު ޑޭޓާ

ދިރާގުން ބުނީ ކޮވިޑް-19 އާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށް، އަދި ގިނަ އަދަދެއްގެ މީހުން މިދުވަސްވަރު ގޭގައި މަޑުކުރަން ޖެހުމުގެ ސަބަބުން ކިޔެވުމަށާއި، އޮފީސް މަސައްކަތްކުރުމަށާއި ޢާއިލާއާއި ރައްޓެހިންގެ ހާލުބެލުމަށާއި، ވަގުތުން ވަގުތަށް މައުލޫމާތު ހޯދުމާއި މުނިފޫހިފުލުވުމަށްވެސް މިހާރު މިވަނީ އިންޓަނެޓަށް ބަރޯސާވާން ޖެހިފައިވާ ކަމަށެވެ އެހެންކަމުން، މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އެންމެ މުހިންމުވެފައިވާ އެއް ޚިދުމަތް ކަމަށްވާ އިންޓަނެޓް ބޭނުންކުރުމަށް ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން، ދިރާގުން އަންނަ މަހުން ފެށިގެން ހިލޭ ޑޭޓާ އެލަވަންސް އަދި ޑިސްކައުންޓް ލިބޭނެ ކަމަށެވެ

"މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން، ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުން ކުރުމުގައި އިތުރު ލުޔެއް ދިނުމުގެ ގޮތުން ދިރާގުން މިއަދު ވަނީ ހުރިހާ ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންކުރުމަށް ހިލޭ ދީފައިވާ ޑޭޓާގެ މިންވަރު އިތުރުކޮށް ކުރިޔަށް އޮތް ދެމަހަށް ދިނުމަށް ނިންމާފަ އެވެ،" ދިރާގުން ބުނެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން، ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުން ކުރުމުގައި އިތުރު ލުޔެއް ދިނުމުގެ ގޮތުން ދިރާގުން މިއަދު ވަނީ ހުރިހާ ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންކުރުމަށް ހިލޭ ދީފައިވާ ޑޭޓާގެ މިންވަރު އިތުރުކޮށް ކުރިޔަށް އޮތް ދެމަހަށް ދިނުމަށް ނިންމާފަ
ދިރާގު

ދިރާގުން ދަނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ގާއިމުކޮށްފައިވާ ހުރިހާ ޓާސްކްފޯސް އޮޕަރޭޝަން ސެންޓަރުތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ދިރާގުން އުންމީދުކުރަނީ، މި ފޯރުކޮށްދީފައިވާ އިތުރުކުރެވުނެ ހިލޭ ޑޭޓާގެ ސަބަބުން ދިރާގު ކަސްޓަމަރުންނަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

ދިރާގުން ދަނީ ކޮވިޑް-19 އާ ގުޅިގެން ގައުމުގެ ހާލަތަށް ދިމާވާ ކަންތައްތައް ވަރަށް ގާތުން ބަލައި، މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ފޯރުކޮށްދެވޭނެ ގޮތްތައް ބަލަމުންނެވެ. އެގޮތުން [ދިރާގު ކޮވިޑް-19
ސައިޓުން މައުލޫމާތު ލިބޭނެ އެވެ.