ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އައިއެފްސީން ބީއެމްއެލް އަށް 50 މިލިއަން ޑޮލަރުގެ ފެސިލީޓީއެއް ދެނީ

އިސްލާމިކް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 50 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ހޯދަން ތައްޔާރު ވެއްޖެ އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ބީއެމްއެލަށް އައިއެފްސީން 50 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް ވަރަށް ބޮޑަށް ކުރިއަށް ގޮސްފައިވާ ކަމަށެވެ.

"މިއީ ލޯނު އެރޭންޖުމަންޓެއްގެ ދަށުން ދޭ އެއްޗެއް. މި ދެނީ ހިލޭ އެހީއެއް ނޫން،" އަމީރު ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވަމުންދާ އިގްތިސޯދީ ހާލަތުގައި ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް މިހާރު ދޭނެ ކަމަށް ބެލެވިފައިވަނީ ބީއެމްއެލް އެވެ.

ބީއެމްއެލް އިން ވަނީ ޓޫރިޒަމް ދާއިރާއަށް ހާއްސަކޮށް ވެސް ލޯނު ފެސިލީޓީއެއް ދީފަ އެވެ. އަދި މިއާއެކު ބީއެމްއެލްގައި ހުރިހާ ލޯނުތަކެއް ވަނީ ހަ މަސް ދުވަހަށް ފަސް ކޮށްދީފަ އެވެ.