ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދަނޑުވެރިކަން

ދަނޑުވެރި ބާވަތްތައް ސަރުކާރަށް ގަންނަނީ

ރާއްޖޭގެ ދަނޑުވެރިކަމުގައި ހައްދާ ހުރިހާ ބާވަތްތަކެއް ސަރުކާރުން ގަންނަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރޭ ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ މަސްވެރިންނެކޭ އެއް ގޮތަށް، ދަނޑުވެރި ކަމަށްވެސް ކުންފުންޏެއް ހަދައި އެ އުފެއްދުންތައް އެ ކުންފުންޏަށް ގަންނަން ކަމަށެވެ.

"މި ހާލަތަކީ ލިބޭ ފުރުސަތެއްގެ ގޮތުގައި ހަދަން މަސައްކަތް ކުރާނަން. އަޅުގަނޑުމެންގެ މެނިފެސްޓޯގައި އޮންނާނެ ދަނޑުވެރިކަން ކުރިއަރުވަން. އެކަން އަވަސް ކުރަން މަސައްކަތް މި ކުރަނީ. މަސްވެރިކަން ވެސް ކުރިއެރީ ސަރުކާރު ކުންފުންޏެއް ހަދައިގެން ބާނާ މަސް ކިރޭނެ ކަމުގެ ޔަގީންކަން ލިބުނީމަ ލޯނު ނަގައިގެން ދޯނި ފަހަރު ބަނީ،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން ދަނޑުވެރިންގެ ހުރިހާ އެއްޗެއް ގަނެވޭނެ މެކޭނިޒަމެއް ހޯދައިދޭނެ ކަމަށެވެ.

"އެ މަސައްކަތް އެސްޓީއޯ އާއި އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން އެބަކުރޭ. މިހާރު ދަނޑުވެރި ވިޔަފާރިތައް ކުރިއަރުވަން ލޯނު ނަގައިގެން ނަމަވެސް މަސައްކަތް ކުރަންވީ،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ފްރޯޒަން ޓޫނާ އެކްސްޕޯޓް ކުރުމުގެ ބަދަލުގައި މަސްވެރިކަމުގެ އުފެއްދުން ތައްޔާރު ކުރުން އަވަސް ކުރާނެ ކަމަށެވެ.

"މީގެ ހަ މަސް ފަހުން ފުރުސަތު ލިބޭނެ ބައުންސް ބެކްވާން. އެހެންވެ އެ ފުރުސަތު ދޭން ސްޓިމިއުލަސް ޕެކޭޖު ދެނީ،" އަމީރު ވިދާޅުވި އެވެ.