ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބޭރުގައި އުޅުނު 95 މީހަކަށް ނަސޭހަތްދިން

Apr 2, 2020

ކާފިއު ހިންގި ވަގުތުގައި މަގުމަތީ އުޅުނު 95 މީހަކަށް ނަސޭހަތްދީ، ގެއަށް ފޮނުވާލި ކަމަށް ފުލުހުން ބުނެފި އެވެ.

ސަރުކާރުން ނިންމާފައިވަނީ ކޮންމެ ދުވަހެއްގެ ވެސް ހަވީރު 5:00 ން ރޭގަނޑު 8:00 އަށް މާލޭ ސަރަހައްދުގައި ކާފިއު ހިންގުމަށެވެ. އެ ވަގުތު ބޭރަށް ނުކުތުމުގެ ހުއްދަ ދީފައިވަނީ ވަކި ބަޔަކަށެވެ.

އާންމުން މަގުތަކަށް ނުކުތުން އެ ތިން ގަޑިއިރު ބަންދުއިރު، އެ ވަގުތު ބޭރުގައި އުޅޭ މީހުން ޖޫރިމަނާ ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

ފުލުހުން މިރޭ ބުނީ މިއަދު އެ ތިން ގަޑިއިރުގެ ތެރޭގައި 95 މީހަކަށް ނަސޭހަތް ދިން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 13 ބިދޭސީއަކާއި 82 ދިވެހިން ކަމަށް ފުލުހުން ބުންޏެވެ.