ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މިއަދު ވެސް 150 މީހުން ނަސޭހަތްދޭން ޖެހުނު

Apr 4, 2020
8

ކާފިއު ގަޑީގައި ބޭރުގައި އުޅެގެން މިއަދު ވެސް ގިނަ ބަޔަކަށް ނަސޭހަތް ދޭން ފުލުހުންނަށް ޖެހިއްޖެ އެވެ.

ސަރުކާރުން ނިންމާފައިވަނީ ކޮންމެ ދުވަހެއްގެ ވެސް ހަވީރު 5:00 ން ރޭގަނޑު 8:00 އަށް މާލޭ ސަރަހައްދުގައި ކާފިއު ހިންގުމަށެވެ. އެ ވަގުތު ބޭރަށް ނުކުތުމުގެ ހުއްދަ ދީފައިވަނީ ވަކި ބަޔަކަށެވެ.

އާންމުން މަގުތަކަށް ނުކުތުން އެ ތިން ގަޑިއިރު ބަންދުއިރު، އެ ވަގުތު ބޭރުގައި އުޅޭ މީހުން ޖޫރިމަނާ ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

ފުލުހުން މިރޭ ބުނީ މިއަދު ފުރަތަމަ ނަސޭހަތް 141 މީހަކަށް ނަސޭހަތް ދިން ކަމަށެވެ. އެއީ 119 ދިވެހިންނާއި 22 ބިދޭސީންނެވެ. ދެވަނަ ނަސޭހަތް ނުވަ މީހަކަށް ދިނެވެ. މިއަދު ވެސް އެއްވެސް މީހަކު ޖޫރިމަނާކޮށްފައެއް ނުވެ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ދެ ފަހަރަށްވުރެ އިތުރަށް ނަސޭހަތް ދޭން ޖެހިއްޖެނަމަ، އެމީހަކު ޖޫރިމަނާ ކުރާނެ އެވެ. މިދިޔަ ދެ ދުވަހު ވެސް 300 އަށްވުރެ ގިނަ މީހުންނަށް ނަސޭހަތް ދިނެވެ.