ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާލޭ ސަރަހައްދުގެ ކާފިއު

ވެމްކޯގެ ޓީމަށް ފަސޭހަ ތިން ގަޑިއިރު

ހެލްތު ކާފިއުއާއެކު ވެމްކޯގެ މަސައްކަތަށް އައި ބަދަލު ދައްކުވައިދޭ ވީޑިއޯ ރިޕޯޓް -- އަވަސް ވީޑިއޯ | އާއިމް ޒަމީރު

ގޯޅިތައް ކަންމަތީގައި ތިބެ ފަހަރަކު ގެއަކުން ޑަސްބިން ކޮތަޅުތައް ނެރެ، ކުނި އުކާލުމުގެ މަސައްކަތުގައި ޔުނިފޯމް އެޅި ފަސް މީހުންގެ ގްރޫޕްތަކެއް މަގުމަތީ އުޅެ އެވެ. އެކި ޒޯންތަކަށް ބަހާލައި މުޅި މާލެ ތެރޭގައި އުޅެއެވެ. ހަވީރު އެ މީހުންގެ ޑިއުޓީ ފަށާ ގަޑި ދިމާވާނީ އެހެން ގިނަ ބަޔަކު ޑިއުޓީ ނިމޭ ގަޑިއާ އެވެ. އޮފީސްތަކުގެ ފިނީގައި މަސައްކަތް ކޮށްފައި ގެއަށްދާން ނުކުންނަ މީހުނާ އެ މީހުނާ ދިމާވާނެ އެވެ. ސްކޫލްތަކުން ދަރިން ގޮވައިގެން ގެއަށްދާ މީހުންނާއި ހަވީރު ސަޔަށް ދާން ލަސްވެގެން އުޅޭ މީހުން ފަދަ ކިތަންމެ މީހަކާ ވެސް ދިމާވާނެ އެވެ. އެ މީހުނަކީ ވެމްކޯގެ މަސައްކަތްތެރީންނެވެ.

ވެމްކޯގެ "ކުނި ޓްރަކް" ތަކާ ހެދި ބައެއް މީހުނަށް އާއްމުކޮށް އެ މީހުން ގެއަށްދާ ރޫޓްގައި ލަސް ވެގެން ބަރުގޮނު އަޅަ އެވެ. އަދި ކިރިޔާ ޖާގަ އެއް ލިބޭ އިރަށް ވެމްކޯގެ ޑަސްބިނާއި މީހާއި ވެސް ކޮއްޕާލާގައި ވިޔަސް ދެމިގަންނަ މީހުން ވެސް އުޅެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ކޮންމެ ދުވަހަކު ހަވީރުން ފެށިގެން ތިން ގަޑި އިރުގެ ކާފިއުއް އިއުލާން ކުރުމާ ހަމައަށް ވެސް ހަވީރުގެ ވަގުތެއްގައި ވިއްޔާ މާލޭގެ މަގުތަށް މަތީ ކޮންމެ ދުވަހަކު ވެސް މިކަން މިގޮތަށް ހިނގަ އެވެ. މިހާރު ވެސް އެ ގަޑީގައި ވެމްކޯގެ މުވައްޒަފުން އެ މީހުންގެ މަސައްކަތުގައި އުޅެ އެވެ.

އެކަމަކު ކާފިއުގެ ތިންގަޑި އިރަކީ ވެމްކޯގެ މަސައްކަތްތެރީންނަށް ވަރަށް ތަފާތު ވަގުތަކަށް ވެފައި ވެއެވެ. ކުނި ޑަސްބިން އުކާލަން މަސައްކަތް ކުރާ މީހުނާ ކޮންމެ ދުވަހަކު ދިމާވާ އެތައް ކަމެއް މިވަގުތަށް ވަނީ ނިމިފަ އެވެ. އާއްމުންގެ ފަރާތުން ކުރިމަތިވާ ޝަކުވާތަކާއި ފެންނަ ރުޅި މޫނުތައްވެސް ވަނީ ގެއްލިފަ އެވެ. ގަސްދުގައި "ކޮއްޕާލާ" މީހުންނާއި އަރާއިރުން ވާ މީހުނެއް ވެސް މިހާރު ނެތެވެ. ލަސްވެގެން ބަރުގޮނު އަޅާ މީހަކު ނެތެވެ.

"އެއްޗެހި ނުދުއްވާތީ މަސައްކަތް ކޮށްލަން މިހާރު ވަރަށް ފަސޭހަ، އެއްޗެހި ދުއްވިޔަސް އެކި މަގުން ތަންތަން ކޮޅަށް މަޑު ކުރަމުން އެހެންޏާ ދާން މި ޖެހެނީ. މިހާރު ނުޖެހޭ އެހެން މަޑު ކުރާކަށްވެސް ވަރަށް ބޮޑުތަން ފަސޭހަ ވެއްޖެ، އެކަމަކު އަބަދަކު މިހެން ފަސޭހަކޮށެއް ނޯންނާނެ!" ވެމްކޯގެ މުވައްޒަފަކު ބުންޏެވެ.

މާލޭގެ ކާރޫބާރު ބޮޑު މަގުތަކުގައި ވެމްކޯގެ ޓްރަކްތައް މިހާރު ދުއްވާލަނީ އެއްވެސް ޓްރެފިކެއްގައި ނުޖެހި އެވެ. ޕާކުކޮށްފައި ހުންނަ ސައިކަލުތަކުގައި ޖެހިދާނެ ކަމަށް، ނޫނީ ފަހަތުން ޕިކަޕެއް އައިސްގެން މުޅި މަގު ބްލޮކް ވެދާނެ ކަމުގެ އެއްވެސް ބިރެއް ނެތެވެ. ހަނި ގޯޅިތަކުން ޑަސްބިންތައް ނެރެ ވެހިކަލަށް ހުސްކޮށްލަން މާ ގިނަ އިރުތަކެއް ވެސް ނުނަގަ އެވެ.

"އާންމު ދުވަސްވަރު މަގުމަތި ވަރަށް ހަލަބޮލި ވާނެ އަބަދުވެސް... މިހާރު މި ދިމާވަނީ ކާފިއު ގަޑިއާ އެހެންވެ މާހައުލު އޮންނަނީ ވަރަށް ފަސޭހަކޮށް. އެހެން ނޫނިއްޔާ ކާރުތަކާއި ސައިކަލުތައް ބާރުބާރަށް އަންނާތީ ވަރަށް އުނދަގޫވޭ... ޕިކަޕެއް އަޔަސް އަޅުގަނޑުމެންޖެހޭ އެއް ފަރާތަކަށް ޖެހިލާފައި އެއަށް ޖާގަ ދޭން. އެހެން ޖެހުނީމަ ޕާކުކޮށްފައި ހުންނަ ސައިކަލުތަކުގަ އާއި އަންނަ އެއްޗެހީގަ ލައިގަންނަނީ. ބައެއް މީހުން ވަަރަށް އެއްޗެހި ވެސް ކިޔާނެ. ދުވަސްކޮޅަކަށް ވިޔަސް މިހާރު އެ އުނދަގުލާ ކުރިމަތިލާކަށް ނުޖެހޭ،"

މާލޭގެ ފިއު ގަޑިތަކަކީ މިހާރު ވެމްކޯ މުވައްޒަފުން މިނިވަންކަމާއެކު މަގުމަތީގައި އެމީހުންގެ މަސައްކަތް ކުރާ ގަޑިތަކެކެވެ. ހަތަރެއް ޖަހާއިރު ވެމްކޯގެ މަސައްކަތް ފެށި ނަމަވެސް ކާފިއު ފެށެނީ ފަހެއް ޖަހާއިރު އެވެ. އެހާ ހިސާބުން އެއްވެސް އުނދަގުލަކާ ނުލައި ކުނި ނަގާ މާލެ ސާފުކޮށްލެވެ އެވެ. އިރުއޮއްސި ހައެއް ހަތެއް ޖަހާ އިރަށް އެ މަސައްކަތް އެއްކޮށް ނިމެ އެވެ. ބައެއް ފަހަރު މަގާއި ގޯޅި ހަނި ވުމާއި ޓްރަކްތައް ނުދުއްވޭތީ ދިގު ދެމިގެންދާ ދިއުންވެސް ކާފިއުއާއެކު ވަނީ ކުޑަވެފަ އެވެ.

މާލޭގެ މާފަންނު ސަރަހައްދުގެ ގޭގެއިން ޑަސްބިން ނެގުމުގެ މަސައްކަތުގައި އުޅޭ އައިމިނަތު އާދަމް ބުނި ގޮތުގައި ކާފިއުއާއެކު މިހާރު މިއީ އެ މީހުންގެ މަސައްކަތުގައި ވަރަށް ތަފާތު ދުވަސްކޮޅެކެވެ. އަދި އެއްވެސް އުނދަގުލަކާ ނުލައި މަސައްކަތް ކުރަން ލިބުމުން ކުރެވެނީ ތަފާތު ތަޖުރިބާ އެކެވެ.

"ކާފިއު ހުއްޓާލި ކަމުގައި ވިޔަސް އެންްމެންގެ އެއްބާރުލުމާއެކު މަސައްކަތް ކުރަން ލިބޭ ނަމަ ކުރިން ދިމާވާ އުނދަގޫތަކެއް ނާންނާނެ" އޭނާ ބުންޏެވެ،