ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ޗައިނާ މާކެޓަށް ރާއްޖެ ތައްޔާރު ވާން ޖެހޭ

ކޮވިޑް-19 ގެ ބަލި މަޑުކަމުން ސަލާމަތްވެ، ޗައިނާ ދުނިޔެ އަށް ހުޅުވެން ވާއިރަށް، އެ މާކެޓަށް ރާއްޖެ ތައްޔާރަށް އޮންނަން ޖެހޭ ކަމަށް ބައެއް ޓްރެވަލް ކުންފުނި ތަކުން ބުނެފި އެވެ.

ރާއްޖޭގެ ޓްރެވަލް ކުންފުންޏެއް ކަމަށްވާ ރިއޯލޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ހަލީލް ވިދާޅުވީ ޗައިނާ މާކެޓާ މެދު ވިސްނަން ޖެހޭ ގޮތް ތަފާތު ވާން ޖެހޭނެ ކަމަށެވެ. ނަމަވެސް އަވަސް އަރުވާލައިގެން ދުނިޔެއަށް ހުޅުވާލުމުގެ ބަދަލުގައި އަދި ދެ މަހެއްހާ ދުވަސް މިބަލީ ފެތުރޭ ގޮތަށް ބަލަން ޖެހޭ ކަމަށް އޭނާ ވިދާވި އެވެ.

"ދެ މަހެއް ބަލަން ޖެހޭ. އެކަމަކުމީގެ މާނައަކީ ހުރިހާ ކަމެއް ހައިބަނޭޝަން އަށް ގެންގޮސްފަ ބޭއްވުމެއް ނޫން. ކުރަން ޖެހޭ ހުރިހާ ކަމެއް ރިކަވަރީ އަށް އަންނައިރު، އެބަޖެހޭ ސަރުކާރާއި އިންޑަސްޓްރީއާ ގުޅިގެން މިހާރުން ފެށިގެން މާކެޓިން އަށް މަސައްކަތް ކުރަން އެބަޖެހޭ،" ހަލީލް ވިދާޅުވި އެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ހުވާން ޕްރޮވިންސު ބުދަ ދުވަހު ވަނީ އާއްމުކޮށް ހުޅުވާލާފަ އެވެ. އަދި އެ ގައުމުން ކޮވިޑުގެ ބަލި ޖެހިފައިވާ މީހަކު ނުފެންނަތާ މިހާރު ދެ ދުވަހެއް ވަނީ ވެފަ އެވެ.

ހަލީލް ވިދާޅުވި ގޮތުގައި ޗައިނާ އެއްކޮށް ހުޅުވެންވާއިރަށް ޗައިނާ މީހުންގެ ސިކުނޑި އަށް ރާއްޖެ ވަންނާނެ ގޮތެއް ހަދަން ޖެހޭ ކަމަށެވެ.

"ޗައިނާގަ އުޅޭނި ގާތްގަނޑަކަށް 10 ވަރަކަށް އޮޕަރޭޓަރުން. އެތާ އެބަތިބި ސޯޝަލް މީޑިއާ ތަފާތު ޕްލެޓްފޯމްތައް، ރާއްޖޭގެ އެމްއެމްޕީއާރުސީ އާއި އިކޮނޮމިކް މިނިސްޓްރީއާ ޓޫރިޒަމް މިނިސްޓްރީ ގުޅިގެން މިހާރުން ފެށިގެން މަސައްކަތް ކުރަން އެބަޖެހޭ، ރަނގަޅު ޕޮޒިޓިވް މެސެޖެއް ޕާސްކޮށްފަ. އެ މީހުންގެ ބެކް އޮފް ދި މައިންޑުގައި ރާއްޖެ އޮންނަ ގޮތެއް ހަދަން،" ހަލީލް ވިދާޅުވި އެވެ.

ޓްރެވަލް ކުންފުނިން ތަކުން ބުނާ ގޮތުގައި ޗައިނާގެ އިތުރު އެއާލައިން ތަކެއް ރާއްޖެ ގެނެވޭނެ ގޮތް ތަކެއް ވެސް ހޯދަން ޖެހޭ ކަމަށެވެ.

"އެންމެ ރަނގަޅު ގޮތަކީ ޓޫރިޒަމް ފެށިއިރު އޮތް ގޮތަށް، ޗާޓަރު އޮޕަރޭޝަން ފެށުން. މީގެ މާނައަކީ ޓުއާ އޮޕަރޭޓަރުންނާ ވާހަކަ ދައްކައިގެން، ގިނަ ފްލައިޓް ތަކެއް ގެނައުން،" ކުންފުްންޏެއްގެ ވެރިއަކު ވިދާޅުވި އެވެ.

އިނަ މޯލްޑިވްސްގެ ޑިރެކްޓަރެއް ކަމަށްވާ އަބްދުﷲ ގިޔާސް ވިދާޅުވި ގޮތުގައި ފުރަތަމަ ބަލަން ޖެހެނީ ރާއްޖެއަކީ ކޮވިޑް ސޭފް ޑެސްޓިނޭޝަނަކަށް ހެދުމަށް ކަމަށާ، ރާއްޖެ މާކެޓު ކުރާ ގޮތަށްވެސް ބަދަލު ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި އަބަދު ވެސް ފޯކާސްއެއް ނުކުރެވޭ ސަން، ސީ ސޭންޑްސް އަށް ވުރެ އިތުރަކަށް. އަޅުގަނޑުމެން އެބަޖެހޭ ޔުނީކް އައިޑެންޓިޓީއެއް ކްރިއޭޓް ކުރަން،" އަބްދުﷲ ވިދާޅުވި އެވެ.

ޗައިނާއަކީ ދުނިޔޭގައި އޮތް އެންމެ ގިނަ މީހުން ގައުމުން ބޭރަށް ދަތުރު ކުރާ އެއް ގައުމެވެ. އެ ގައުމުން މިދިޔަ އަހަރު 284,029 މީހުން ރާއްޖެ އައިސްފައިވެ އެވެ. މި އަދަދަކީ އޭގެ ކުރީ އަހަރު އައި 283,116 މީހުންނާ އަޅާ ބަލާއިރު 16 ޕަސެންޓުގެ އިތުރު ވުމެކެވެ.