ގެވެށި އަނިޔާ

އަނބިމީހާގެ ނޭފަތުގައި ދަތް އެޅުމުން ހައްޔަރުކޮށްފި

Apr 12, 2020
އދ. ފެންފުށި
0%
0%
0%

އދ. ފެންފުށީގައި ދެމަފިރިއެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި ފިރިމީހާ އަނބި މީހާއަށް އަނިޔާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައި އެ މީހާ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ފިރިމީހާ އަނިޔާ ކުރާ ކަމަށް ބުނެ ރޭ ދަންވަރު މައްސަލައެއް ހުށަހެޅުމުން އެކަން ބަލައި ތަހުގީގު ކުރި އިރު އެ ދެމަފިރިންގެ މެދުގައި މައްސަލަ ޖެހި ޒުވާބު ކުރަމުން ގޮސް ފިރިހެން މީހާ އޭނާގެ އަންހެނުންގެ ނޭފަތުގައި ދަތް އެޅި ކަން އެނގިފައިވާ ކަމަށެވެ. އަދި ދަތް އެޅި ކަމުގެ ނިޝާން ވެސް ފެންނަން ހުރި ކަމަށެވެ.

އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އެ ފިރިހެން މީހާ ހައްޔަރުކޮށްފައިވާއިރު އދ. މާމިގިލި ކޯޓުން އޭނާގެ ބަންދަށް ފަސް ދުވަސް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345