މާލޭގެ ގެއެއްގެ ތެރޭގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ މައްޗަންގޮޅީގެ ގެއެއްގެ ތެރޭގައި ބަންގްލަދޭޝްގެ މީހަކު މަރުވެފައި އޮއްވާ ފެނިގެން އެކަން ކަން ރިޕޯޓް ކުރުމުން އެކަން ފުލުހުން ބަލަމުން ގެންދާ ކަމަށެވެ.
އެ މީހާ މަރުވެފައި ވަނީ މިއަދު މެންދުރު ފަހު އެވެ. ފަހަކަށް އައިސް މާލޭގެ ގޭގޭ ކޮޓަރީތަކުގެ ތެރޭގަ އާއި ގެސްޓް ހައުސްތަކުގައި ބިދޭސީން މަރުވެފައި ތިއްބާ ފެނުން ގިނަވެފައި ވެއެވެ.