ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެސްޓީއޯގައި ޑޮކްޓަރަކަށް ހަމަލާދިން މީހަކު ހައްޔަރުކޮށްފި

އެސްޓީއޯ ސުޕަމާކެޓް ތެރޭގައި ޑޮކްޓަރެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި ދިވެއްސެއް ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، އެސްޓީއޯ ތެރޭގައި މާރާމާރީ ހިންގާފައިވަނީ 49 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެމީހާ ހައްޔަރު ކުރީ ރާއްޖޭގައި މަސައްކަތް ކުރާ ސްރީލަންކާގެ ޑޮކްޓަރެއްގެ ގައިގައި ޖެހުމުންނެވެ. ޑޮކްޓަރުގެ ވާތު ލޯ ކައިރި މަށައިގެން ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން މި މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.

ގިނަ ބަޔަކު ފިހާރަތަކަށް އެއްޗެހި ގަންނަން ދާން އަވަސްވެގަތީ މާލެ ތެރެއިން ދިވެއްސަކު މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ އާއި އޭނާ ދިރިއުޅޭ ގެ ހިމެނޭ ސަރަހައްދު މިހާރު ބަންދުކޮށްފައި ވުމުންނެވެ.

މިއީ މާލެއިން މީހަކު ކޮވިޑަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. އާންމުކޮށް އަމަލު ކުރާ އުސޫލަކީ ރަށަކުން މީހަކު ޕޮޒިޓިވްވެއްޖެނަމަ އެ ރަށެއް ލޮކްޑައުން ކުރުމެވެ. ނަމަވެސް މި ހާލަތުގައި އަދި އަޅާނެ ފިޔަވަޅެއް އެޗްޕީއޭއިން އިއުލާނެއް ނުކުރެ އެވެ.