ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަތެއް

ގައުމާ މުހާތަބު ކުރައްވަމުން ރައީސް ކީރިތި ކުރައްވައިފި

ކޮވިޑް-19 އާ ގުޅިގެން މިއަދު ގައުމާ މުހާތަބު ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކީރިތި ކުރައްވައިފި އެވެ. ރައީސް ކީރިތި ކުރެއްވީ ރައްޔިތުންގެ އެއްބާރުލުމަށް އެދިވަޑައިގަންނަވަމުންނެވެ.

ރައީސް ސޯލިހު، ގައުމާ މުހާތަބު ކުރައްވައި ބަޔާން ދެއްވި ވަގުތު އިންނެވީ ވަރަށް ބޮޑަށް ނުތަނަވަސްވެވަޑައިގެންނެވެ. އެހެންމެ ފަހުން ރައްޔިތުންނަށް އިލްތިމާސްތައް ކުރައްވަމުން ގެންދެވިއިރު ރައީސްގެ އަޑު ހުއްޓި، ވަނީ ކީރިތި ކުރައްވާފަ އެވެ.

ރައީސް އެދިވަޑައިގެންނެވީ އެންމެން ވެސް އެކަކު އަނެއްކަކަށް އޯގާތެރިވެ އިހުސާންތެރިވުމަށެވެ. އަދި މިވަގުތު އާންމު ދިރިއުޅުމަށް ދަތިވި ނަމަވެސް މުޅި މުޖުތަމައުގެ ސަލާމަތަށްޓަކައި ކެތްތެރިވުމަށް ހުރިހާ ރައްޔިތުންގެ ކިބައިން ރައީސް އެދިވަޑައިގެންނެވި އެވެ.

"ރައްޔިތުންގެ ކިބައިން އެދެނީ ކެތްތެރިވެ އެއްބާރުލުން ދިނުމަަށް، އާންމު ދިރިއުޅުމުގެ ކަންކަމަށް ދަތިތަކާ ކުރިމަތިވާނެ، އެހެން ނަމަވެސް މުޅި މުޖުތަމައުގެ ރައްކާތެރިކަމަށް އެންމެން އެކުގައި މަސައްކަތް ކުރުން މުހިންމު، ހިކުމަތްތެރިކަމާއެކު އެންމެން އެކުގައި މަސައްކަތްކޮށްގެން މިކަމުން އަރައިގަނެވޭނެ،" ރައީސް ވިދާޅުވި އެވެ.


ކޮވިޑް-19 ބަލި ރާއްޖޭގައި ފެތުރުން މަދު ކުރުމަށް ސަރުކާރަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ސޯލިހު މިއަދު ދެއްވި އަސަރުގަދަ ބަޔާނުގައި ވިދާޅުވި އެވެ.

އޭގެ އިތުރުން، މިވަގުތު ޒަރޫރީ ބޭނުންތަކަށް ބޭނުންކުރަންޖެހޭ ބޭހާއި ކާބޯތަކެތި ރަނގަޅު މިންވަރަކަށް އެބަހުރި ކަމަށާއި، ރައްޔިތުންގެ އެހެނިހެން ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި އަމަލު ކުރަންވީ ގޮތްތައް ކަމާބެހޭ ފަރާތްތަކުން ހާމަ ކުރަމުންދާނެކަމަށް ރައީސް ވިދާޅުވި އެވެ.

މާލެއިން ޕޮޒިޓިވްވި މީހާއާ ބައްދަލުވި މީހުން ދެނެގަތުމުގެ މަސައްކަތަށް މުޅި މާލެ ސަރަހައްދު މިހާރު ވަނީ ކުރިއަށްއޮތް 24 ގަޑިއިރަށް ލޮކްޑައުންކޮށްފަ އެވެ.

އެޗްޕީއޭއިން ނެރުނު އިއުލާނުގައި ބުނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުމާއި މަގު މައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުން މަނާވާނެ ކަމަށެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓް ވެސް ހުއްޓާލަން ވަނީ އަންގާފަ އެވެ. ކުރިއަށް އޮތް 24 ގަޑިއިރަށް މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅަށް މީހުން އަރާ ފޭބުން ވަނީ މަނާކޮށްފައިވާ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

އެޗްޕީއޭއިން ނެރުނު އިއުލާނުގައި ބުނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުމާއި މަގު މައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުން މަނާވާނެ ކަމަށެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓް ވެސް ހުއްޓާލަން ވަނީ އަންގާފަ އެވެ. ކުރިއަށް އޮތް 24 ގަޑިއިރަށް މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅަށް މީހުން އަރާ ފޭބުން ވަނީ މަނާކޮށްފައިވާ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

މިހާތަނަށް ރާއްޖެއިން ދިވެހިންގެ ހަ މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މިއީ މީހުން ދިރިއުޅޭ ސަރަހައްދަކުން އެ ވައިރަހަށް މީހަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެ ބަލި ޖެހުނު މީހުންނަކީ ރާއްޖޭން ބޭރުން އައިފަހުން، އެ ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުނެވެ.