ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ލޮކްޑައުންގައި މަގުމަތިވި 24 މީހުންނަށް އެހީވެއްޖެ

Apr 16, 2020
1

ކޮވިޑް-19 އަށް މާލެއިން ދިވެއްސަކު ޕޮޒިޓިވްވުމާ ގުޅިގެން، މުޅި މާލެ ސަރަހައްދު ކުރިއަށް އޮތް 24 ގަޑިއިރަށް ލޮކްޑައުންކޮށްފައިވާއިރު، މާލޭގެ އެކި ސަރަހައްދުތަކުގައި މަގުމަތިވެފައި ތިބި ބަޔަކަށް އެހީތެރިވެއްޖެ އެވެ.

ފުލުހުން ބުނީ، މަގުމަތިވެފައިވާ 24 މީހަކަށް މޯލްޑިވްސް ރެޑް ކްރެސެންޓާ ގުޅިގެން ކާބޯތަކެއްޗާއި ފެން ފޯރުކޮށްދެވިފައިވާ ކަމަށެވެ. އަދި އެ މީހުނަށް ރޭގެ ވަގުތެއްގައި ވަގުތީ ބޯހިޔާވަހިކަން ވެސް ހަމަޖައްސައިދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ ތެރޭގައި ހިމެނެނީ ހުސް ބިދޭސީންކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން 23 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި މާލެއިން ޕޮޒިޓިވްވި ތިން މީހަކުވެސް ހިމެނެ އެވެ.

މާލެއިން ކޮވިޑް ފެނުމާއި ގުޅިގެން ރާއްޖޭގެ ހާލަތު ވަނީ ނާޒުކުވެފައެވެ. އެކަމާއި ގުޅިގެން މާލެ ވަނީ 24 ގަޑިއިރަށް ލޮކްޑައުންކޮށްފައެވެ. ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ އެ މުއްދަތު އިތުުރުކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ.