ކޮވިޑް-19 އާ ގުޅިގެން ފެން ޑެލިވަރީ ކުރަން ދަތިވަމުންދާތީ، ފުލުހުންގެ ހާއްސަ ޔުނިޓް، ސްޕެޝަލް އޮޕަރޭޝަން ޔުނިޓް (އެސްއޯ) އިން މާލެ އަށް ފެން ސަޕްލައި ކުރަން ނުކުމެއްޖެ އެވެ.
އައިލެންޑް ބްވަރޭޖަސް ކުންފުނިން ބުނި ގޮތުގައި އެ ކުންފުނިން އުފައްދާ "ތާޒާ" ފެނުގެ ޑިމާންޑް މަތިވަމުންދާތީ، ފެން ސަޕްލައި ކުރުމުގެ މަސައްކަތް ފުލުހުން ކޮށްދޭން ފަށާފައިވާ ކަމަށެވެ. އެ ކުންފުނިން ވަނީ ފުލުހުން މި މަސައްކަތް ކުރުމަށް ހަމަޖައްސަވާ ދިން ކަމަށްޓަކައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު އަށް ޝުކުރު އަދާކޮށްފަ އެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާތީ، މާލެ ވަނީ ލޮކްޑައުން ކޮށްފަ އެވެ. މިގޮތަށް މާލެ ލޮކްޑައުން ކުރުމާއެކު ގިނަ ބަޔަކަށް ވަނީ ބޭނުންވާ މުދާ ލިބުން ދަތިވެފަ އެވެ. މިކަން ހައްލު ކުރަން ސިފައިންވެސް މިހާރު ވަނީ ޑެލިވަރީ އޮޕަރޭޝަންގައި ބައިވެރިވެފަ އެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ 28 މީހުންނެވެ. އޭގެ ތެރޭގައި މާލެއިން ޕޮޒިޓިވްވި 8 މީހުން ހިމެނެއެވެ. މާލެއިން ފުރަތަމަ މި ބަލީގެ މީހަކު ފެނިފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. އެންމެ ފުރަތަމަ މާލެ އިން ބައްޔަށް ޕޮޒިޓްވީ ދެ މައިންނެވެ. އެ ދެ މައިންނަށް ފަރުވާ ދެމުންދަނީ އެކީގަ އެވެ. އެއީ ދެ އަހަރުގެ ކުއްޖެއް ކަމަށް އެނގިފައިވެ އެވެ. އެ އަންހެން މީހާގެ އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތެވެ. ތިންވަނަ އަށް ޕޮޒިޓިވްވި މީހާއަކީ ވެސް އަންހެން މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ.