މަރު

އެންހިފަން ފޭބި ޒުވާނާ މަރުވެފައި އޮއްވާ ފެނިއްޖެ

އެންހިފަން ފޭބި ޒުވާނާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ގދ އަތޮޅުގައި މަސްވެރިކަން ކުރަން އުޅުނު "އަސްދާން" ނަމަކަށް ކިޔާ ދޯނިން ފުޅި އަޅައިގެން އެންހިފަން ފޭބި އެ ޒުވާނާގެ ހަބަރެއް ނުވެގެން އޭނާ ހޯދަމުންދާތާ އިރުތަކެއް ވަނީ ވެފައެވެ.

މަރުވެފައިވަނީ ގދ. ތިނަދޫއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ ސާޖިދު މުހައްމަދު ރަޝީދު އެވެ. އެ ޒުވާނާ ގެއްލުމާއި ގުޅިގެން ދޯނީގައި ތިބި މީހުން އޭނާ ހޯދަން މަސައްކަތްތަކެއް ކުރުމަށްފަހު އޭނާ ނުފެނުމުން ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިވަނީ މިރޭ 20:12 ގައެވެ.

އެންއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެ ޒުވާނާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ކަނޑު އަޑިން ފެނިފައިވާ ކަމަށެވެ. އާޒިމް ވިދާޅުވީ އޭނާގެ ހަށިގަނޑު ފެނުނީ 50 މީޓަރު އަޑިން ކަމަށެވެ. އަދި މިވަގުތު އެ ޒުވާނާގެ ހަށިގަނޑު ތިނަދޫއަށް ގެންގޮސްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ޒުވާނާ ޑައިވްކުރަން ފޭބީ ހަތަރު މީހުންނާއެކު ގައެވެ. އެއީ 30 މިނެޓްގެ ޑައިވެކެވެ. އެ ދޯނީގައި 25 މީހުން މަސައްކަތް ކުރެއެވެ.