ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ގޭގެއިން ނެރޭ ކުނީގެ ތެރެއަށް ވިޔަފާރިތަކުން ނެރޭ ކުނި އެއް ނުކުރޭ: ވެމްކޯ

މާލެ ސަރަހައްދުން ނަގާ ގޭގޭގެ ކުނީގެ ތެރެއަަށް ވިޔަފާރިތަކުން ނެރޭ ކުނިތައް އެއް ނުކުރުމަށް ވެމްކޯއިން އެދެފި އެވެ.

ވެމްކޯ އިން މިއަދު ބުނީ، ރެޖިސްޓާ ނުކުރި ކަމުގައި ވިިޔަސްް މާލެ ސަރަހައްދުން މިހާރު ދަނީ ކުނި ނަގަމުން ކަމަށެވެ. 36،000 ގޭބީސީގެ ކުނި ނެގުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ބައެއް ވިޔަފާރިތަކުން އޮޅުވާލާފަައި ގޭބީސީތަކުން ނެރޭ ކުންޏާ އެއްކޮށް ވިޔަފާރިތަކުން ބޭރު ކުރާ ކުނި މަގުތަކަށް ނެރޭ ކަމަށެވެ.

އަދި މިކަމުގެ ސަބަބުން ވެމްކޯގެ މުވައްޒަފުންނަށް ދަތިތަކާ ކުރިމަތިވާ ކަމަށް ވެމްކޯއިން ބުންޏެވެ.

ވެމްކޯގެ މީޑިއާ އޮފިޝަލް އަަވަސްއަށް ވިދާޅުވީ 18،000 ގޭބީސީ އަކުން ރެޖިސްޓާ ކޮށްފައިވީނަމަވެސް، އެ އަދަދަށްވުރެ ގިނައިން މިހާރު ގޭބީސީތަކުން ކުނި ނަަގަމުން އަންނަ ކަމަށެވެ. އަދި ގޭބީސީތަކުން ނެރޭ ކުންޏާ ބައެއް ވިޔަފާރިތަކުން ނެރޭ ކުނި އެއް ކުރުމުން ކުނި ނެގުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފުންނަށް އެކަމުގެ އުނދަގޫ ކުރިމަތިވާ ކަމަށެވެ.

"ވިިޔަފާރިތަކުން އާއްމުކޮށް ނެރޭނީ ވަރަށް ބޮޑެތި ބަރު އެއްޗެހި. ގެތަކުން ނެރޭ ކުންޏާ މުޅިން ތަފާތު ވާނެ. އެހެންވީމަ އަޅުގަނޑުމެންގެ އއިލްތިމާސް އެއް އެއީ ކަނޑައަޅާފަައިވާ ވަގުތުގައި ވިޔަފާރިތަކުން ކުނި ނެރެ އިރުޝާދުތަކަށް އަމަލު ކުރުމަށް،" ވެމްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ވިޔަފާރިތަކުން ނެރޭ ކުނި ނެރުމަށް ވެމްކޯ އިން އެދިފައިވަނީ ހެނދުނު 09:00 އިން 12:00 އަށެވެ. މި ދެމެދުގައި ވެމްކޯގެ މުވައްޒަފުން ގޮސް ކުނި ނެގުމުގެ މަސައްކަތް ކުރެ އެވެ. ގޭބީސީތަކަށް ދީފައިވާ ގަޑި އަކީ މެންދުރު 12:00 އިން 14:00 އަށެވެ. ގެތަކުން ނެރޭ ކުނި ނެގުމުގެ މަސައްކަތުގައި ހަވީރުގެ ވަގުތުތަކުގައިވެސް ވެމްކޯ މުވައްޒަފުން މަސައްކަތް ކުރެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުން ކޮށްފައިވާ މި ދުވަސްވަރު ކުނި ނެރުމުގައި ވެމްކޯ އިން މަސައްކަތް ކުރަމުން އަންނަ އިރު، އެ ކުންފުނިން އެދެނީ ރައްކާތެރި ގޮތުގައި ކުނި ނެރުމަށެވެ.