ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އޮގަސްޓާ ހަމައަށް ކުނި ނަގާނީ މިހާރުގެ އުސޫލަށް

އޯގަސްޓް މަހާ ހަަމައަށް ވެމްކޯއިން ކުނި ނަގަމުން ދާނީ މިހާރު އެ މަސައްކަތް ކުރިއަށް ގެންދާ ގޮތަށް ކަމަށް ވެމްކޯ އިން ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ބަންދު ކުރަން އެޗްޕީއޭ އިން 15 އޭޕްރިލް ވަނަ ދުވަހު އެންގުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ވެމްކޯއިން ވަނީ ގޭބީސީ ތަކުން އުފެދޭ ކުނި ނެގުމުގެ މަސައްކަތްތަކަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން މިދިއަ ދުވަސްތަކުގައި ވެމްކޯއިން ކުނި ނަގަމުން ދިޔައީ ހަމައެކަނި އިމާރާތްތަކުގެ އެންމެ ތިރިން ވަކި ގަޑިތަކެއްގަަ އެވެ.

ވެމްކޯއިން މިއަދު ނެރުނު ބަޔާނެއްގައި މާދަމާއިން ފެށިގެން އޯގަސްޓް މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ވެސް ކުނި ނަގާނީ މިހާރު ވެސް ނަގަމުން އަންނަަ ގޮތަށް މެންދުރު 12:00 އިން 2:00 އާދެމެދު ކަމަށެވެ. އަދި މި މުއްދަތުގައި ވެމްކޯގެ އެއްވެސް މުވައްޒަފެއް ވަކި ވަކި ފްލޯތަކަށް ނާރާނެ ކަމަށާއި މޮނިޓަރިންގައިވާ ގޭބިސީތަކުން ކުނި ނަގަމުން ދާނީ އެޗްޕީއޭގެ އިރުޝާދުގެ މަތިން އެ ކޯޕަރޭޝަންގެ ހާއްސަ ޓާސްކް ފޯހުން ކަމަށެވެ.

ވެމްކޯ އިން ވަނީ އެ ކޯޕަރޭޝަންގެ މުވައްޒަފުންނަށް، އިމާރާތަށް ވަދެ ނުކުމެވޭނެ އިންތިޒާމު ދުރާލާ ހަމަޖެއްސުމަށް ވެސް އެދިފަ އެވެ.