ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އަނެއްކާވެސް ބަންގްލަދޭޝްގެ މީހަކު ޕޮޒިޓިވް

މާލެ ސިޓީން އަނެއްކާވެސް ބަންގްލަދޭޝް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. މިއީ މާލެއިން ޕޮޒިޓިވްވި 16 ވަނަ މީހާ އެވެ. އަލަށް ޕޮޒިޓިވްވި މީހާ (ޕޭޝަންޓް 36)އަކީ ފުލޫ ކުލިނިކަށް އަލާމާތްތައް ހުރެގެން ދިޔަ މީހެކެވެ. ކުރީގެ އެއްވެސް ކޭސްއާއެކު އޭނާއާ ގުޅުމެއް އޮތްތޯ ދަނީ ޗެކު ކުރަމުންނެވެ. ޕޭޝަންޓް 36 އަކީ މާލެއިން ޕޮޒިޓިވްވި ދެވަނަ ބަންގްލަދޭޝް މީހާ އެވެ.

މީގެކުރިން ކޮވިޑަށް ޕޮޒިޓިވްވި ބަންގްލަދޭޝް މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ މީހަކެވެ. އޭނާއަކީ ތޮއްޖެހިފައިވާ ތަނެއްގައި އުޅޭ މީހެއް ނޫނެވެ. ނަމަވެސް އަލަށް ޕޮޒިޓިވްވި މީހާއާ ގުޅޭ ގޮތުން މި މައުލޫމާތުތައް އަދި ސާފެއް ނުވެ އެވެ.

މާލެ ސިޓީން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވި ޕޭޝަންޓް 21 އަކީ އެއްވެސް ޓްރެވެލް ހިސްޓްރީއެއް އޮތް މީހެއް ނޫނެވެ. އޭނާގެ ތުއްތު ދަރިފުޅު ވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެއީ ޕޭޝަންޓް 22 އެވެ. ތިންވަނައަށް ޕޮޒިޓިވްވި ޕޭޝަންޓް 23 އަކީ ވެސް ޕޭޝަންޓް 21 އާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ.

އޭގެ ފަހުން ޕޭޝަންޓް 23 އާ ކޮންޓެކްޓްވި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ. ޕޭޝަންޓް 24 އާއި ޕޭޝަންޓް 25 އެވެ. އިއްޔެ ހެނދުނު ޕޮޒިޓިވްވި ޕޭޝަންޓް 26 އަކީ ވެސް ޕޭޝަންޓް 23 ގެ ކޮންޓެކްޓެކެވެ. އެއަށްފަހު ޕޮޒިޓިވްވި ޕޭޝަންޓް 27 އާއި ޕޭޝަންޓް 28، އޭގެ ކުރިން ޕޮޒިޓިވްވި އެއްވެސް މީހަކާ ގުޅުމެއް ނެތެވެ.

މީގެ ތެރެއިން ޕޭޝަންޓް 27 އާ ސީދާ ކޮންޓެކްޓްވި މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި އިތުރު ދެ މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން އެކަކަކީ (ޕޭޝަންޓް 30)އަކީ ޕޭޝަންޓް 27 އާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ. އަދި އަނެއް މީހާއަކީ (ޕޭޝަންޓް 31) އަކީ ޕޭޝަންޓް 28 އާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ. ދެން ޕޮޒިޓިވްވި ބަންގްލަދޭޝް މީހާ (ޕޭޝަންޓް 32)އަކީ ޕޭޝަންޓް 30އާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ.

އޭގެފަހުން ޕޮޒިޓިވްވި ޕޭޝަންޓް 33 އަކީ ޕޭޝަންޓް 28އާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ. އެންމެ ފަހުން ޕޮޒިޓިވްވި ޕޭޝަންޓް 34 އަކީ ޕޭޝަންޓް 27އާ ޑައިރެކްޓް ކޮންޓެކްޓްވި ދިވެއްސެކެވެ. ޕޭޝަންޓް 35 އަކީ އެހެން އެއްވެސް މީހަކާ ގުޅުމެއް އޮތް މީހެއް ކަމަކަށް އަދި ނުބެލެވެ އެވެ. މީގެ ތެރޭގައި ގިނައީ 30 އާއި 40 ދެމެދުގެ އުމުރުގެ މީހުންނެވެ. ގިނައީ އަންހެނުންނެވެ. މާބަނޑު އަންހެނަކު ވެސް ހިމެނެ އެވެ. ކުޑަ ތިން ކުދިން ވެސް ހިމެނެ އެވެ.